
-
ގުޅީފަޅު ކައިރިން ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުން މިއަދު ބުނީ ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިފައިވާކަމުގެ މައުލޫމާތު 2025 ޑިސެންބަރު 18 ވަނަ ދުވަހުގެ 13:21 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެގޮތުން މީހާގެ ހަށިގަނޑު ކަނޑުން ނަގައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި މަރުވެފައި އޮއްވައި ފެނިފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.
މަރުވެފައިވާ އޮއްވާ ފެނިފައިވާ މީހާއަކީ ކާކުކަން މިހާރުދެނެގަނެވިފައިވާ ކަމަށް ފުލުހުން ހާމަކުރި ނަމަވެސް ތަފްސީލެއް ނުދެއެވެ.
ފުލުހުން އިތުރަށް ބުނީ މިމައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށާއި އަދި މި މައްސަލައާ ގުޅިގެން މައުލޫމާތު ލިބޭ ވަރަކުން މައުލޫމާތު ހިއްސާކުރަމުން ގެންދާނެކަމަށެވެ.
ގުޅުންހުރި

ގުޅީފަޅު ކައިރިން ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

އެއްމަސް ދުވަހުގެ ތެރޭގައި 500އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފި





