logoEN
Sto top
އެއްމަސް ދުވަހުގެ ތެރޭގައި 500އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފި

އެއްމަސް ދުވަހުގެ ތެރޭގައި 500އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފި

ހުސައިން އަހްމަދު

logo

12/18/2025, 7:35:32 AM

# ދިވެހި ފުލުހުންގެ ޙިދުމަތް# ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާ# ދާޚިލީ ވަޒީރު# ބިދޭސީން

ފޮޓޯ: ދާޚިލީ ވުޒާރާ

މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 500އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

Wamco

ހޯމް ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒިރު ވިދާޅުވީ ނޮވެމްބަރު މަހުގެ 15ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ފިންގަރ ޕްރިންޓް ނުދީ ތިބި 509 ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާފައި ކަމަށާއި މި އަދަދާއެކު މިހާތަނަށް ރާއްޖެއިން 9697 ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށެވެ.

ސަރުކާރުން ވެރިކަމާ ހަވާލުވިރު ބިދޭސީންގެ މައްސަލަ އޮތީ އަޑި ނޭނގޭހާ ގޯސްކޮށްކަން ފާހަގަކުރައްވާ ވަޒީރު ވަނީ 2023ވަނަ އަހަރުގެ މެއި މަހުގެ 2ވަނަ ދުވަހު ފެށި އޮޕަރޭޝަންގެ ދަށުން މިއަދާ ހަމައަށް ދެ ލައްކަ ދެހާސް ބިދޭސީންގެ މައުލޫމާތު ނަގާފައިވާ ކަމަށެވެ.

އޮޕަރޭޝަން ކުރަނގި ކުރިއަށްގެންދަނީ ތިން ފޭސްއަކަށް ބަހާލައިގެން ކަމަށާއި މި މަސައްކަތުގެ ދެވަނަ ފޭސްގެ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި ތިން މަސް ދުވަހުގެ ތެރޭގައި ސިސްޓަމުގެ ތެރެއިން ކުރިން ނުލިބޭ ލުއިތަކެއް އެމްޕްލޮޔަރުންނަށް ލިބިގެންދާނެ ކަމަށެވެ.

އަދި މި އޮޕަރޭޝަންގެ ފަހު ފޭސްގެ މަސައްކަތް 2 އޭޕްރީލް 2026 ފެށިގެން 2027 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އެހިސާބުން ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ބިދޭސީއަކަށް ނޫޅެވޭނެކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

މީގެ ނަތީޖާއަކަށް ވެގެންދާނީ ރާއްޖޭގައި އުޅޭ ކޮންމެ ބިދޭސީއެއްގެ ސައްޚަ މައުލޫމާތު އެނގި އަދި ބިދޭސީ މީހާއަށް ޒިންމާވާނެ އެމްޕްލޮޔަރެއް ހުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރަށް ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި 1.1 ޓަނުގެ މަސްތުވާތަކެތި ހިފައްޓާފައިވާ ކަމަށާއި އަދި އެ ތަކެތީގެ މަގުމަތީ އަގު 2.2 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC