ފުލުހުންގެ ޔުނީފޯމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި އަދުލުވެރިކަމުގެ ރަމްޒެއް: ސީޕީ
# ދިވެހި ފުލުހުންގެ ޙިދުމަތް# ސީޕީ ނަވީން# ރައީސް މުއިއްޒުފޮޓޯ: ޕޮލިސް
ފުލުހުންގެ ޔުނީފޯމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި އަދުލުވެރިކަމުގެ ރަމްޒެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 41 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ވަނީ ފުލުހުންގެ ޔުނީފޯމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި އަދުލުވެރިކަމުގެ ރަމްޒެއް ކަމަށާއި މި ފަހުރުވެރި ޔުނީފޯމަށް ގަދަރު ކުޑަވާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކައިގައި ވަނީ ފުލުހުންގެ ނޫކުލައިގެ ޔުނީފޯމުން ކޮންމެދުވަހަކުވެސް ފުލުހުން އަދާކުރަންޖެހޭ ވަޒީފާ ހަނދާން ކޮށްދޭނެ ކަމަށާއި ފުލުހުންގެ ހުވަޔާއި އަޒުމުން ފުލުހުންނާ ހަވާލުކުރެވިފައިވާ މަތިވެރި ޒިންމާ ހަނދާންކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ.
އަދި ފުރިހަމަކުރި ތަމްރީނުން ބިނާކުރި ޝަހުސިއްޔަތުން އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް އެދިވަޑައިގެން ސީޕީ ވަނީ ފުލުހުންގެ ޔުނީފޯމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި އަދުލުވެރިކަމުގެ ރަމްޒެއް ކަމަށާއި ފުލުހުންގެ ޔުނީފޯމަކީ ދިވެހި ފުލުހުންގެ އަމާނާތެއްކަން ފާހަގަކުރައްވާފައެވެ.
މީގެއިތުރުން، ފުލުހުން ކުރިއަށް ދިއުމަށްޓަކައި އިހުތިޔާރުކުރި މަގަކީ ފަސޭހަ މަގެއް ނޫންކަމަށާއި، އިހުތިޔާރުކުރި މަގަކީ ބުރަ ބޮޑު އަދި ޒިންމާދާރު، ގުރުބާނީތަކެއް އެކުލެވޭ މަގެއްކަން ފާހަގަކުރައްވައި، ގައުމުގެ ސަލާމަތަށާއި ރައްޔިތުންނަށްޓަކައި އިހުތިޔާރުކުރި މަގަކީ ހަމައެކަނި ވަޒީފާއެއް ކަމުގައި ނުދެކުމަށް ގޮވާލެއްވިއެވެ.
އަދި ގައުމީ ގޮވާލުމަކަށް އިޖާބަދެވުނީކަމަށް ދެކި، ނުކުމެވުނު މަގަގީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޝަރަފްވެރި ގައުމީ ހިދުމަތަކަށް ކަން ހަނދާނުގައި ބެހެއްޓުމަށްވެސް ގޮވާލެއްވިއެވެ.
ސީޕީ ވަނީ އުންމީދުތަކާއެކު މުޖުތަމައު ފުލުހުންނަށް ބަލާނެކަން ހަނދާންކޮށްދެއްވައި، މުޖުތަމައުގެ އުންމީދުތައް އިތުބާރަށް ބަދަލުކުރުމަށް ޝަރަފްވެރި ދަތުރެއް ދަސްވެނިވި ފުލުހުން ފަށާއިރު ނަޒާހަތްތެރިކަމާއެކު އަމަލުކުރުމަށާއި ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހިތްވަރާއި ސާބިތުތަކާއެކު މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ.
ގުޅުންހުރި

ދެކުނު އަރިއަތޮޅުގެ ހިމާޔަތްކުރެވިފައިވާ ސަރަޙައްދު ބެލެހެއްޓުމުގައި އީޕީއޭގެ ރޭންޖަރުންނާއެކު ފުލުހުން ބައިވެރިވާން ފަށައިފި

މަރުހޫމް ޢާސިފްގެ އާއިލާއާ ސީޕީ ބައްދަލުކުރައްވައިފި

ދިވެހި ވަޠަނީ ޚިދުމަތުގެ ފުރަތަމަ ބެޗުން ސިފައިންގެއާ ގުޅުނު ޒުވާނުންނަށް ރައީސް މުޢިއްޒުގެ ސާބަހާއި މަރުޙަބާ!
.jpg&w=3840&q=75)



