
-
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން މާލެ ސިޓީގެ މޭޔަރު ކަމަށް ނިޝާން އަސްކަރީގެ ވެރިކަމުގެ ޢިއްޒަތް، އަރުވާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލް ނެރެން ނިންމައިފި އެވެ.

މިއަދު ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާހް ވިދާޅުވީ އެޕާޓީގެ ޕްރައިމެރީގައި މާލޭގެ މޭޔަރުކަމަށް ކުރިމަތިލެއްވީ އެންމެ ބޭފުޅެއް ކަމަށެވެ. ނަމަވެސް ސީދާ ނަން ހާމަނުކުރައްވައި ފަލާހް ވިދާޅުވީ "އެ ބޭފުޅާއަކީ އާ ނަމަކަށް ނުވާނެ" ކަމަށާއި ބައެއް ނޫސްތަކުގައި ވެސް އެބޭފުޅާގެ ނަން ހާމަކުރައްވާފައިވާކަމަށެވެ.
ޕީއެންސީގެ އިސް އޮފިޝަލަކު ގާފު ނޫހަށް ކަށަވަރުކޮށްދިން ގޮތުގައި މޭޔަރުކަމަށް ކުރިމަތިލެއްވީ މޫސާ އަލީ ޖަލީން އެކަންޏެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަންވެސް ކުރެއްވި މޫސާ އަލީ ޖަލީލް އަކީ 1988 ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ގުޅިގެން، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ވަރަށް މަތިވެރި ޖިހާދެއް ކުރެއްވި ބޭފުޅެކެވެ.
ގުޅުންހުރި
އަޅުގަނޑަށް ދެވޭ ކޮންމެ ވޯޓަކީވެސް މާލެ ސިޓީގެ އުޖާލާ މާދަމާއަކަށް އަލިވިލޭ ހިތްގައިމު ފުރުސަތެއް - މޫސާ އަލީ ޖަލީލް

މާލޭގައި ވިޔަފާރިކުރާ ކުދި އަދި މެދުފަންތީގެ ގިނަ ވިޔަފާރިވެރިންގެ ތާއީދުވެސް މޫސާ އަލީ ޖަލީލުއަށް!

އުއްޗުގެ ތާއީދު މޫސާ އަލީ ޖަލީލަށް: ވިދާޅުވީ މޭޔަރުކަމަށް ވާދަކުރައްވާ ޤައުމީ ޚިދުމަތުގެ އެންމެ ފަޚުރުވެރި ރެކޯޑެއް އޮތް ބޭފުޅަކީ މޫސަ ކަމަށް!




