logoEN
Sto top
މާސްޓަރސް އެތްލެޓިކްސް ޗެމްޕިއަންޝިޕް މޯލްޑިވްސް 2026 ގައި ބައިވައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މާސްޓަރސް އެތްލެޓިކްސް ޗެމްޕިއަންޝިޕް މޯލްޑިވްސް 2026 ގައި ބައިވައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހުސައިން އަހްމަދު

logo

12/16/2025, 2:09:44 AM

# މާސްޓަރސް އެތްލެޓިކްސް މޯލްޑިވްސް# ދިވެހި ކުޅިވަރު

މާސްޓަރސް އެތްލެޓިކްސް ޗެންޕިއަންޝިޕް 2025.. ފޮޓޯ: ގާފު ސްޕޯޓްސް

މާސްޓަރސް އެތްލެޓިކްސް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށް ބާއްވާ ދެވަނަ މާސްޓަރސް އެތްލެޓިކްސް ޗެމްޕިއަންޝިޕް މޯލްޑިވްސް 2026 ގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.

Wamco

07 މެއި 2026 އިން 09 މެއި 2026 ގެ ނިޔަލަށް މާލޭ ސިޓީ ކުޅިވަރު އެކުވެނީ ސިތަޓިކް ޓްރެކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި މިއަހަރު އިތުރު ތިން އުމުރުފުރައެއް އިތުރު ކޮށްފައިވާއިރު، އިތުރު ހަތަރު އިވެންޓެއް ވެސް ވަނީ އިތުރުކޮށްފައެވެ.

undefined

މުބާރާތާއި ބެހޭގޮތުން ގާފު ސްޕޯޓްސްއަށް މައުލުމާތު ދެއްވަމުން މާސްޓަރސް އެތްލެޓިކް މޯލްޑިވްސްގެ ރައީސް އަލީ ރައީފް ވިދާޅުވީ މިއަހަރުގެ މުބާރާތައްވުރެ ހުރިހާ ގޮތަކުންވެސް އަންނަ އަހަރުގެ މުބާރާތް ފެންވަރު ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރަމުންދާކަމަށެވެ.

" މި އަހަރުގެ ކުރީކޮޅު މާލޭގައި ބޭއްވި ފުރަތަމަ މާސްޓަރސް މުބާރާތުގައި 11 ޓީމަކުން 100 އަަށްވުރެ ގިނަ އެތްލީޓުން ވާދަކުރިއިރު، އޭގެ ތެރޭގައި ރާއްޖެއިން ބޭރުގެ ފަސް ގައުމެއްގެ އެތްލީޓުން ވެސް ހިމެނޭ އަދި އަންނަ އަހަރު މިއަދަދުތައް ބޮޑުތަނުން އިތުރުވެގެންދާނެކަމަށް މިބަލަނީ "...

undefined

" ފުރަތަަމަ މުބާރާތުގެ ތަޖުރިބާގެ އަލީގައި އަންނަ އަހަރުގެ މުބާރާތުގެ އުމުރުފުރާތަކާއި އިވެންޓްތަކަށް ކޮންމެ ވެސް ވަރެއްގެ ބަދަލެއް އަންނާނެ، އެގޮތުން 10,000 މީޓަރުގެ ދުވުން ނުބާއްވަން ނިންމާފައިވާއިރު، 400 މީޓަރާއި 800 މީޓަރު ދުވުމުގެ އިތުރުން ލޯންގް ޖަމްޕް އަދި ހައިޖަމް އިވެންޓް އިތުރުކޮށްފައިވާނީ"..

" މީގެ އިތުރުން އިތުރު ހަތަރު އުމުރުފުރައެއް އަންނަ އަހަރުގެ މުބާރާތައް އިތުރުކޮށްފައިވާނެ، އެއީ 55 އަހަރުން މަތި، 60 އަހަރުން މަތި، 65 އަހަރުން މަތި އަދި 70 އަހަރުން މަތީގެ އުމުރުފުރާ"..

އިތުރަށް ވާހަކަދައްކަމުން ރައީފް މިދާޅުވީ އުމުރު ފުރާތައް އިތުރުކުރުމުގެ އެންމެ ބޮޑު ސަބަބަކީ ވީހާވެސް ގިނައިން ރާއްޖެއިން ބޭރުގެ އެތްލީޓުންނަށް ވާދަކުރުމުގެ ފުރުސަތު ދިނުމުގެ ބޭނުމުގައެވެ. އެގޮތުން މިސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އިންޑިޔާ، ސްރީލަންކާ އިތުރުން ބަންގްލަދޭޝްގެ މާސްޓަރސް އެސޯސިއޭޝަނުން ވެސް އެދިފައިވޭ އުމުރުފުރާތައް އިތުރުކޮށްދިނުނަށް އަދި މިމުބާރާތުގައި ވާދަކުރުމަށް އެފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.

undefined

މީގެ އިތުރުން ރާއްޖޭގައި ވެސް މިހާރު ވަރަށް ގިނަ 55 އަހަރުން މަތީގެ ގަވާއިދުން ދުވާ ދުވުންތެރިން، އަދި މިބަދަލާއެކު އެފަރާތްތަކަށް ވެސް އެމީހުންގެ އުމުރުފުރާގައި ވާދަކޮއްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ވޯލްޑް މާސްޓަރސް އެތްލެޓިކްސްގެ މިންގަނޑުތަކަށް ފެތޭގޮތައް ބާއްވާ މިމުބާރާތް އަށް އުމުރުފުރައަކަށް ހުޅުވާލެވިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 35 އަހަރުން މަތި، 40 އަހަރުން މަތި، 45 އަހަރުން މަތި، 50 އަހަރުން މަތި އަދި 55 އަހަރުން މަތި، 60 އަހަރުން މަތި، 65 އަހަރުން މަތި އަދި 70 އަހަރުން މަތީގެ އުމުރުފުރައެވެ.

undefined

މީގެ އިތުރުން މިމުބާރާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓްތަކަކީ 100 މީޓަރު، 200 މީޓަރު، 400 މީޓަރު، 800 މިޓަރު، 1500 މީޓަރު، 5000 މީޓަރު، 4×400 މީޓަރު (މިކްސް ރިލޭ)، 4×800 މީޓަރު (މިކްސް ރިލޭ)، ޝޮޓް ޕުޓް ތްރޯއިންގ، ޑިސްކަސް ތްރޯއިންގ, ޖެވަލިންގ ތްރޯއިންގ، ލޯންގް ޖަމްޕް އަދި ހައިޖަމްޕް އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC