logoEN
Sto top
ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ބޯންމައުތު އަތުން ޔުނައިޓެޑަށް މުހިންމު ދެ ޕޮއިންޓް ގެއްލިއްޖެ

ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ބޯންމައުތު އަތުން ޔުނައިޓެޑަށް މުހިންމު ދެ ޕޮއިންޓް ގެއްލިއްޖެ

ހަސަން ޝަމްއޫން

logo

12/16/2025, 12:59:11 AM

# އިނގިރޭސި ޕްރިމިއާ ލީގު# މެންޗެސްޓަރ ޔުނައިޓެޑް# ބޭރު ދުނިޔޭގެ ކުޅިވަރު# ބޯންމައުތު

މެންޗެސްޓާ ޔުނައިޓެޑާއި ބޯންމައުތު ވާދަކުރި މެޗުގެ ތެރެއިން...

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ބޯންމައުތާއި ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 4-4 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެެވެ.

Wamco

ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި ވުލްވްސް އަތުން 4-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި ބޯންމައުތު އެންމެ ފަހުން ކުޅުނު މެޗުގައި ޗެލްސީ އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޔުނައިޓެޑުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ޔުނައިޓެޑުން މެޗު ޑޮމިނޭޓްކުރިއިރު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ އެއްލަނޑުގެ ލީޑަކާއެކު 2-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ބޯންމައުތުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން އިތުރު ތިން ލަނޑު ކާމިޔާބުކުރިއިރު، ޔުނައިޓެޑުން ވެސް އިތުރު ދެލަނޑު ކާމިޔާބުކުރިއެވެ.

އެގޮތުން މިމެޗުގައި ޔުނައިޓެޑްގެ އަމަޑް ޑިއާލޯ، ކާލޯސް ކަސަމީރޯ، ބުރޫނޯ ފެނާންޑޭސް އަދި މެތިއުސް ކުންޔާ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން މިމެޗުގައި ބޯންމައުގެ އެވަނިލްސަން، މާކަސް ޓަވާނިއާ، އެންޓޮއިން ސެމެންޔޫ އަދި އިލައި ޖޫނިއާ ކުރޫޕީ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 16 މެޗުން މެންޗެސްޓާ ޔުނައިޓެޑަށް 26 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއްޕޮއިންޓާއެކު ލީގުގައި ކުޅުނު 16 މެޗުން ބޯންމައުތައް 21 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ 13 ވަނައިގައެވެ.

ލީގުގައި މެންޗެސްޓާ ޔުނައިޓެޑަށް ކުރިއަށް އޮތީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭ ރަށުން ބޭރުގައި އެސްޓަންވިލާ އާއި ދެކޮޅަށް ކުޅޭ މެޗެވެ. އަދި މިމަހުގެ 20 ވަނަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ބޯންމައުތުން ނުކުންނާނީ ބަންލީ އާއި ދެކޮޅަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC