logoEN
PNC TOP 3
ސިނަމާލެ ބްރިޖުގެ މެއިންޓެނެންސް މަސައްކަތަކަށް ބްރިޖުގެ ލޭނެއް މިރޭ ބަންދުކުރަނީ

ސިނަމާލެ ބްރިޖުގެ މެއިންޓެނެންސް މަސައްކަތަކަށް ބްރިޖުގެ ލޭނެއް މިރޭ ބަންދުކުރަނީ

އަހުމަދު ޝުރާއު

logo

12/15/2025, 1:48:24 PM

# ސިނަމާލެ ބުރިޖު

-

ސިނަމާލެ ބްރިޖުގެ މެއިންޓެނެންސް މަސައްކަތަކަށް ބްރިޖުގެ ލޭނެއް މިރޭ ބަންދުކުރަން ނިންމައިފި އެވެ.

PNC MID 2

ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނީ ސިނަމާލެ ބްރިޖްގެ މެއިންޓެނެންސް މަސައްކަތެއް ކުރުމަށްޓަކައި 2025 ޑިސެންބަރު 15 ވަނަ ދުވަހުގެރޭ 23:45 އިން ފެށިގެން މަސައްކަތް ނިމެންދެން ބްރިޖުގެ ލޭނެއް ބަންދުކޮށް ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މެއިންޓެނެންސް މަސައްކަތެއް ކުރުމަށް ބަންދުކުރުމަށް ހަމަޖެހިފައިވަނީ ބްރިޖްގެ އުތުރު ފަރާތު ލޭނެކެވެ. އެއީ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގެ ލޭނެކެވެ.

ބްރިޖްގެ މެއިންޓެނަންސް މަސައްކަތް ކުރަނީ ބްރިޖް އެޅި ޗައިނާގެ ކުންފުނި ކަމަށްވާ ޗައިނާ ކޮމިއުނިކޭޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އިންނެވެ.

ސިނަމާލެ ބްރިޖްގެ މަރާމާތުގެ މަސައްކަތް މީގެކުރިންވެސް އެކިފަހަރު ކޮށްފައިވެ އެވެ. މިގޮތަށް މަސައްކަތް ކުރާއިރު، އެ މަސައްކަތްކުރާ ލޭނެއް ބަންދު ކުރެ އެވެ. އަދި މިގޮތަށް ބްރިޖްގެ ލޭން ބަންދުކުރާއިރު ޓްރެފިކް ކަންކަން ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވެ އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC