logoEN
PNC TOP 3
ސިނަމާލެ ބްރިޖް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ސިނަމާލެ ބްރިޖް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

އަލްފާ އަލީ

logo

3/31/2024, 8:40:00 AM

# ސިނަމާލެ ބުރިޖު

-

މާލެ އާއި ހުޅުމާލެ ގުޅުވާފައިވާ ސިނަމާލެ ބްރިޖް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

PNC MID 2

މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވީ ދެއަހަރެއްހާ ދުވަސް ވަންދެން ބްރިޖްގެ އެކަށީގެންވާ އިންސްޕެކްޝަން ހަދާފައިނުވާ ކަމަށާއި، ޗައިނާ ސަރުކާރުގެ އެހީގައި، ބްރިޖް މަރާމާތުކޮށް ބެލެހެއްޓުމުގެ މުހިންމު މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

View post on Twitter

މި މަސައްކަތުގެ ތެރެއިން ބުރިޖުގެ މަރާމާތު ކަންކަން ކުރުމަށް ދިވެހި ޓީމެއްވެސް ތަމްރީން ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސިނަމާލެ ބްރިޖުގެ މެއިންޓެނަންސް މަސައްކަތްތައް އެ މަޝްރޫޢު ކުރިއަށް ގެންދިޔަ ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ، ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިން ކޮމްޕެނީއާ ހަވާލުކުރީ މިމަހުގެ 20ވަނަ ދުވަހު އެވެ.

3.6 މިލިއަން ޑޮލަރުގެ އެ އެއްބަސްވުމުގެ ދަށުން ސިނަމާލޭ ބުރިޖު މަރާމަތުކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ތަރައްގީ ކުރުމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެކުންފުނިން ކުރާނެ އެވެ. އަދި ބްރިޖް މެއިންޓެނަންސް މަސައްކަތްތަކުގެ ރިކޯޑްސް ބަލަހައްޓާނެ ނިޒާމެއް ހަދައި، ބްރިޖްގެ މެއިންޓެނަންސް މައްސަލަތައް ދެނެގަތުމާ ގުޅޭ އެސެސްމެންޓްތައް ވެސް ހެދުމަށް ވަނީ ނިންމާފައެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC