logoEN
WAMCO TOP 1
ބްރިޖް މަރާމާތަށް ދިވެހިން ތަމްރީނު ކުރުން އޯގަސްޓް މަހު

ބްރިޖް މަރާމާތަށް ދިވެހިން ތަމްރީނު ކުރުން އޯގަސްޓް މަހު

އަލްފާ އަލީ

logo

6/17/2024, 11:17:33 AM

# ސިނަމާލެ ބުރިޖު

--

ބްރިޖް މަރާމާތަށް ދިވެހިން ތަމްރީން ކުރަން އޯގަސްޓް މަހު ފަށާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފި އެވެ.

THE TRAVELLER AD

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފައިވަނީ, ބުރިޖު މެއިންޓަނަންސް މަސައްކަތުގައި ހިމެނޭ ޓެކްނިކަލް މަސައްކަތްތައް ކުރުމަށް އެ ބްރިޖް ހެދި ޗައިނާގެ ހާއްސަ ޓީމެއް އޯގަސްޓް މަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެޓީމުގެ މަސައްކަތްތަކާއެކު ދިވެހިން ތަމްރީން ކުރުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ސިނަމާލެ ބުރިޖުގެ މެއިންޓަނަންސް މަސައްކަތް ކުރަނީ ސިނަމާލެ ބުރިޖު އެޅި ކުންފުނިކަމަށްވާ ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ، ސީ.ސީ.ސީ.ސީ ސެކަންޑް ހާބަރ އިންޖިނިއަރިން ކޮމްޕެނީންނެވެ.

ބްރިޖްގެ މެއިންޓަނަންސް މަސައްކަތަށް ދިވެހިން ތަމްރީންކުރުން ހިމެނޭހެން، 3 އަހަރު މުއްދަތަށް ބްރިޖްގެ މެއިންޓަނަންސް މަސައްކަތް އެކުންފުންޏާ ސަރުކާރުން ޙަވާލުކޮށްފައިވަނީ މިއަހަރުގެ މާރިޗު މަހުގެ 20 ވަނަ ދުވަހުއެވެ.

ކޮމެންޓް
ފަހުގެ
HDC