
ސިނަމާލެ ބްރިޖް- ފޮޓޯ: ގާފު
ހައިވޭގެ ޓްރެފިކް ލައިންތައް އާ ކުރުމުގެ މަސައްކަތް މިރެއިން ފެށިގެން ކުރިއަށްދާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިކަން ހިއްސާކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ހައިވޭގެ ޓްރެފިކް ލައިންތައް އާ ކުރުމުގެ މަސައްކަތް މިރެއިން ފެށިގެން މަސައްކަތް ނިމެންދެން، ކުރިއަށްދާނެ ކަމަށެވެ.
ފުލުހުން ބުނީ މި މަސައްކަތް ކުރިއަށްދާނީ ކޮންމެ ރެއަކު 12:00 އިން ހެނދުނު 06:00 އަށް ކަމަށެވެ. އަދި މަސައްކަތް ކުރިއަށްގެންދާނީ ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކަމަށް ފުލުހުން ބުންޏެވެ.މި މަސައްކަތް ކުރިއަށް ދާއިރު، ހައިވޭ ބޭނުންކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ފުލުހުން ދަނީ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރަމުންނެވެ. މިއީވެސް ލައިންތައް ވަރަށް ބޮޑަށް ފުހެވިފައިވަނިކޮށް ރައްކާތެރިވުމުގެ ގޮތުން އެޅި ވަރަށް މުހިންމު ފިޔަވަޅެކެވެ.
ގުޅުންހުރި

މިނިވަން ދުވަހާ ގުޅިގެން 2 ސަރަހައްދެއްގައި ހުރި އުޅަނދުތައް ނަގަން ފުލުހުން އަންގައިފި

މާލޭގެ ޓްރެފިކް ތޮށްޖެހުމުގެ މައްސަލަ އިންތިހާއަށް: ހައްލު ހޯދުމަށް ގިނަ ގޮންޖެހުންތަކެއް

ބަނގުރާ ގެންގުޅޭކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި




