logoEN
Sto top
ފަސޭހަކަމާއެކު ޕެލަސް ބަލިކޮށް ސިޓީ އިން ފަރަގު ކުޑަކޮށްފި

ފަސޭހަކަމާއެކު ޕެލަސް ބަލިކޮށް ސިޓީ އިން ފަރަގު ކުޑަކޮށްފި

ހަސަން ޝަމްއޫން

logo

12/14/2025, 11:45:09 PM

# މެންޗެސްޓާރ ސިޓީ# ބޭރު ދުނިޔޭގެ ކުޅިވަރު# އިނގިރޭސި ޕްރިމިއާ ލީގު# ކްރިސްޓަލް ޕެލަސް

މެންޗެސްޓާ ސިޓީ އާއި ކްރިސްޓަލް ޕެލަސް ވާދަކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މެންޗެސްޓާ ސިޓީ އިން ލީގު ތާވަލުގެ ކުރީގައި އޮތް އާސެނަލް އާއި ދެމެދުގައިވާ ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފިއެވެ.

Wamco

ލީގުގައި މެންޗެސްޓާ ސިޓީ އެންމެ ފަހުން ކުޅުނު މެޗުގައި ސަންޑަލޭންޑް އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި ކްރިސްޓަލް ޕެލަސް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-1 ގެ ނަތީޖާއަކުން ފުލަމް ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޕެލަސް އިންނެވެ.

މުޅި މެޗުގައި ވެސް މޮޅަށް ކުޅެ މެންޗެސްޓާ ސިޓީ އިން މެޗު ޑޮމިނޭޓްކުރިއިރު އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް އެރްލިންގް ހާލަންޑް އެވެ. އަދި ސިޓީ އިން ލީގު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 69 ވަނަ މިނެޓުގައި މިޑްފީލްޑަރު ފިލް ފޮޑެން ކާމިޔާބުކުރިއިރު ސިޓީގެ ތިންވަނަ ލަނޑު މެޗުގެ 89 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ހަލާންޑް އެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 16 މެޗުން މެންޗެސްޓާ ސިޓީއަށް 34 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ކްރިސްޓަލް ޕެލަސް އިން ލީގުގައި ކުޅުނު 16 މެޗުން ހޯދި 26 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައެވެ.

ލީގުގައި މެންޗެސްޓާ ސިޓީއަށް ކުރިއަށް އޮތީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ވެސްޓްހަމް އާއި ދެކޮޅަށް ކުޅޭ މެޗެވެ. އަދި މިމަހުގެ 21 ވަނަ ދުވަހުގެ ރޭ ރަށުން ބޭރުގައި ވެސްޓްހަމް އިން ނުކުންނާނީ ލީޑްސް ޔުނައިޓެޑާއި ދެކޮޅަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC