logoEN
Sto top
އޮސަސޫނާ ބަލިކޮށް ބާސެލޯނާ އިން ހަތް ޕޮއިންޓަށް ލީޑު ފުޅާކޮށްފި

އޮސަސޫނާ ބަލިކޮށް ބާސެލޯނާ އިން ހަތް ޕޮއިންޓަށް ލީޑު ފުޅާކޮށްފި

ހަސަން ޝަމްއޫން

logo

12/14/2025, 1:17:57 AM

# އޮސަސޫނާ # ބޭރު ދުނިޔޭގެ ކުޅިވަރު# ބާސެލޯނާ# ސްޕެނިޝް ލަ ލީގާ

ލަމީން ޔަމާލް އަދި ރަފީނިއާ އޮސަސޫނާ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..

ސްޕެނިޝް ލަލީގާގައި ރޭ އަމިއްލަ ދަނޑުގައި އޮސަސޫނާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބާސެލޯނާ އިން ލީގު ތާވަލުގެ ކުރީގައި ހަތް ޕޮއިންޓްގެ ލީޑެއް ނަގައިފިއެެވެ.

Wamco

ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި 5-3 ގެ ނަތީޖާއަކުން ރެއާލް ބެޓިސް އަތުން މޮޅުވެފައިވާއިރު، ލީގުގައި އޮސަސޫނާ އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމު ވަނީ 2-0 ގެ ނަތީޖާއަކުން ލެވާންޓޭ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބާސެލޯނާ އިންނެވެ.

މުޅި މެޗުގައި ވެސް މޮޅަށްކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓްކުރިއިރު އެޓީމުން މެޗުގެ ލީޑުހޯދީ ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް ރަފީނިއާ އެވެ. މިއީ އެޓީމު މިޑްފިލްޑަރު ޕެޑްރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެވެ.

ބާސެލޯނާ އިން ލީޑު ފުޅާކުރި ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ރަފީނިއާ އެވެ. މިއީ ލީގުގައި އެންމެ ފަހުން ކުޅުނު 10 މެޗުގައި ރަފީނިއާ ކާމިޔާބުކުރި ހަވަނަ ލަނޑެވެ. އަދި މީގެ އިތުރުން ވެސް މިމެޗުގައި ބާސެލޯނާ އިން އޮސަސޫނާގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 16 މެޗުން ބާސެލޯނާއަށް 43 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށްވުރެ އިތުރަށް އެއްމެޗު ކުޅެ ހަތް ޕޮއިންޓްގެ ލީޑަކާއެކު ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި އޮސަސޫނާ އިން ލީގުގައި ކުޅުނު 16 މެޗުން ހޯދި 15 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 16 ވަނައިގައެވެ.

ލީގުގައި އޮސަސޫނާ ކުރިއަށް އޮތީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އަލަވޭސް އާއި ދެކޮޅަށް ކުޅޭ މެޗެވެ. އަދި މިމަހުގެ 21 ވަނަ ދުވަހުގެ ރޭ ރަށުން ބޭރުގައި ބާސެލޯނާ އިން ނުކުންނާނީ ވިލަރެއާލް އާއި ދެކޮޅަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC