logoEN
Sto top
ވާދަވެރި ކުޅުމަކަށްފަހު ލިވަޕޫލުން ބްރައިޓަން ބަލިކޮށްފި

ވާދަވެރި ކުޅުމަކަށްފަހު ލިވަޕޫލުން ބްރައިޓަން ބަލިކޮށްފި

ހަސަން ޝަމްއޫން

logo

12/13/2025, 5:32:19 PM

# ލިވަޕޫލް# އިނގިރޭސި ޕްރިމިއާ ލީގު# ބޭރު ދުނިޔޭގެ ކުޅިވަރު# ބްރައިޓަން

ލިވަޕޫލް އާއި ބްރައިޓަން ވާދަކުރި މެޗުގެ ތެރެއިން..

އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ބްރައިޓަން އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު، ލިވަޕޫލުން 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފިއެވެ.

Wamco

ލީގުގައިި ލިވަޕޫލުން އެންމެ ފަހުން ކުޅުނު މެޗުގައި ލީޑްސް ޔުނައިޓެޑާއި ވާދަކޮށް 3-3 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ލީގުގައި ބްރައިޓަން އެންމެ ފަހުން ވެސްޓްހަމް ޔުނައިޓެޑާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބްރައިޓަން އިންނެވެ.

ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ މިނެޓުގައި ލިވަޕޫލުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ހޫގޯ އެކިޓިކޭ އެވެ. މިއީ އެޓީމުގެ ޑިފެންޑަރު ޖޯ ގޮމޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ލިވަޕޫލުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް އެކިޓިކޭ އެވެ. މިއީ ފުރަތަމަ ހާފުގައި އެޓީމުގެ ޑިފެންޑަރު ޖޯ ގޮމޭޒަށް އަނިޔާގެން ބަދަލުގައި ކުޅެންނިކުތް ފޯވާޑް މުހައްމަދު ސަލާހު ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 16 މެޗުން ލިވަޕޫލަށް 26 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތި އޮތީ ތާވަލުގެ ހަވަނައިގައެވެ. އަދި މިމެޗުން ބަލިވި ބްރައިޓަން އިން ލީގުގައި ކުޅުނު 16 މެޗުން ހޯދި 23 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ނުވަވަނައިގައެވެ.

ލީގުގައި ލިވަޕޫލަށް ކުރިއަށް އޮތީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ރަށުން ބޭރުގައި ޓޮޓެންހަމް އާއި ދެކޮޅަށް ކުޅޭ މެޗެވެ. އަދި އެރޭ އަމިއްލަ ދަނޑުގައި ބްރައިޓަން އިން ނުކުންނާނީ ސަންޑަލޭންޑާއި ދެކޮޅަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC