logoEN
Sto top
އަމިއްލަ ދަނޑުގައި އެވަޓަން ބަލިކޮށް ޗެލްސީ ހަތަރުވަނައަށް

އަމިއްލަ ދަނޑުގައި އެވަޓަން ބަލިކޮށް ޗެލްސީ ހަތަރުވަނައަށް

ހަސަން ޝަމްއޫން

logo

12/13/2025, 5:27:19 PM

# އިނގިރޭސި ޕްރިމިއާ ލީގު# ޗެލްސީ# އެވަޓަން# ބޭރު ދުނިޔޭގެ ކުޅިވަރު

ކޯލް ޕާމާ އެވަޓަން ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..

އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި އެވަޓަން އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޗެލްސީ އިން ލީގު ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

Wamco

ޕްރެމިއާ ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި ބޯންމައުތާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ލީގުގައި އެވަޓަން އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 3-0 ގެ ނަތީޖާއަކުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޗެލްސީ އިންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ޗެލްސީ އިން ލީޑުހޯދީ ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ކޯލް ޕާމާއެވެ. މިއީ އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއްވަންދެން ކުޅުމާއި ދުރުގައި ހުރުމަށްފަހު އެނބުރިއައިފަހުން ޕާމާ ޗެލްސީއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

ޗެލްސީ އިން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ އިތުރުވަގުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު މަލޯ ގުސްޓޯ އެވެ. މީގެ އިތުރުން ވެސް މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަށްކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 16 މެޗުން ޗެލްސީއަށް 28 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ފަސްވަނައިގައި އޮތް ކްރިސްޓަލް ޕެލަސްއަށްވުރެ އިތުރަށް އެއްމެޗު ކުޅެ ތާވަލުގެ ހަތަރުވަނައިގައެވެ. އަދި މިމެޗުން ބަލިވި އެވަޓަން އިން ލީގުގައި ކުޅުނު 16 މެޗުން ހޯދި 24 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ އަށްވަނައިގައެވެ.

ލީގުގައި ޗެލްސީއަށް ކުރިއަށް އޮތީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ރަށުން ބޭރުގައި ނިއުކާސަލް އާއި ދެކޮޅަށް ކުޅޭ މެޗެވެ. އަދި މިމަހުގެ 21 ވަނަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އެވަޓަން އިން ނުކުންނާނީ އާސެނަލް އާއި ދެކޮޅަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC