
--
ތިލަމާލެ ބުރިޖުގެ މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ ޖުމުލަ މަސައްކަތްތަކުގެ 67.4 އިންސައްތަ މަސައްކަތްތައް ނިންމާލައިފިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މިއަދު ބުނީ މި މަޝްރޫޢުގައި ޖެހުމަށް ކަނޑައެޅިފައިވާ ހުރިހާ ތަނބެއްގެ ޕައިލިންގް މަސައްކަތްމިހާރު ނިމިފައިވާ ކަމަށާއި ޕައިލްކެޕް ބިނާކުރުމާއި ޕިއަރ ކޮލަމްތަކުގެ 98 އިންސައްތަ މަސައްކަތްވެސް މިހާރު ނިމިފައިވާ ކަމަށެވެ،
އަދި ބުރިޖެއްގެ ސިފަ ޖެއްސުމަށާއި ޑެކު އެޅުމުގެ ބޭނުމަށްޓަކައި ސެގްމެންޓުތަކެއް ޕްރީކާސްޓުކުރަންޖެހޭއިރު މި މަސައްކަތުގެ 75 އިންސައްތަވެސް ވަނީ ނިމި ބިނާކުރި ޕްރީކާސްޓު ސެގްމެންޓުތަކުގެ 36 އިންސައްތަ މިހާރުވަނީ ލޯންޗުކޮށްފައި އެވެ.
މިނިސްޓްރީ ން ބުނީ މި މަޝްރޫޢުގެ ދަށުން ކުރަންޖެހޭ ޖުމުލަ މަސައްކަތްތަކުގެ 67.4 އިންސައްތަ މިހާރު ފުރިހަމަކުރެވިފައިވާ ކަމަށެވެ.
މި މަޝްރޫޢު ހިންގުމަށްޓަކައި އިންޑިއާގެ އެގްޒިމް ބެންކުން ލައިން އޮފް ކްރެޑިޓްގެ ގޮތުަގައި 400 މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފައިވާއިރު އެ ގައުުމުގެ ސަރުކާރުން 100 މިލިއަން ޑޮލަރުގެ ހިލޭ އެހީވެސް ފޯރުކޮށްދީފައިވެއެވެ.







