logoEN
Sto top
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިޔަށް ދާގޮތް ޖައިޝަންކަރު ބައްލަވާލައްވައިފި

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިޔަށް ދާގޮތް ޖައިޝަންކަރު ބައްލަވާލައްވައިފި

އަހުމަދު ޝުރާއު

logo

8/10/2024, 5:05:43 PM

# ތިލަމާލެ ބްރިޖް

--

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާ "ތިލަމާލެ" ބްރިޖުގެ މަސައްކަތްތައް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު މިއަދު ބައްލަވާލައްވައިފިއެވެ.

Wamco

ތިލަމާލެ ބްރިޖަށް ކުރެއްވި ޒިޔާރާތަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖައިޝަންކަރު ވަނީ އެ ތަނަށް ޒިޔާރާތް ކުރައްވައި، މަސައްކަތް ކުރިއަށް ގެންދާ ގޮތް ބައްލަވައިލެއްވި ފޮޓޯތައް ހިއްސާ ކުރައްވައިފަ އެވެ.

އެ ޒިޔާރާތުގައި އިންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ޖައިޝަންކަރުގެ އަރިހުގައި ވަޑައިގެންނެވި އެވެ.

ތިލަމާލެ ބްރިޖަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުން ފެށި މަޝްރޫއެކެވެ. ބްރިޖު އެޅުމުގެ މަސައްކަތް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއާ ހަވާލު ކުރީ އޮގަސްޓް 26، 2021 ގައެވެ. އިންޑަސްޓްރިއަލް ވިލެޖާއި ގުޅީފަޅު ފަދަ މުހިންމު ބިންތައް އެފްކޮންސްއާ ހަވާލުކޮށް މަސައްކަތް އަމަލީ ގޮތުން ފަށާފައިވަނީ އެ އަހަރުގެ ޑިސެމްބަރު މަހުއެވެ.

ތިލަމާލެ ބްރިޖުގެ މި މަޝްރޫއުއަކީ 7 ބިލިއަން ރުފިޔާގެ ބޮޑު މަޝްރޫއުއެކެވެ. މި މަޝްރޫއު އަކީ އެ ގައުމުގެ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ދަށުންނާއި ބާކީ ބައި ސަރުކާރުން ހަރަދު ކުރާގޮތަށް ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތުގެ 40 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC