logoEN
Sto top
ޙައްޖާއި ޢުމްރާގެ ޚިދުމަތް އާ ހަރުފަތަކަށް ގެންދިއުމަކީ ރައީސް މުޢިއްޒުގެ އަމާޒެއް - ޝަހީމް

ޙައްޖާއި ޢުމްރާގެ ޚިދުމަތް އާ ހަރުފަތަކަށް ގެންދިއުމަކީ ރައީސް މުޢިއްޒުގެ އަމާޒެއް - ޝަހީމް

އަހުމަދު ޝުރާއު

logo

12/12/2025, 2:30:48 AM

# ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

-

ޙައްޖާއި ޢުމްރާގެ ޚިދުމަޔް އާ ހަރުފަތަކަށް ގެންދިއުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު އަމާޒެއްކަމަށާއި އެމަގުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަަޢީދު ވިދާޅުވެއްޖެއެވެ.

Wamco

ވަޒީރު މިހެން ވިދާޅުވީ ދެވަނަ ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ، ޙައްޖުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވުނު މަސައްކަތުގެ ދަށުން މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނިގެންދިއުމާއި، ޙައްޖުވެރިންނަށް ޚިދުމަތްދޭ ކެޓެގަރީ މަތިކުރެވުން ފަދަ މުހިއްމު ކާމިޔާބީތައް ހާސިލްކުރެވިފައިވާކަމަށެވެ. އަދި ޙައްޖު ކޯޕަރޭޝަންގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވިގެންގޮސްފައިވާކަން ފާހަގަކުރައްވާ ވަޒީރު ވަނީ އެ ކުންފުނީގެ ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން ޢުމްރާ ކުންފުނިތަކުން ދެމުންދާ ޚިދުމަތްތަކުގެ ފެންވަރުވެސް ވަރަށް ބޮޑަށް ރަނގަޅު ކުރައްވާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވަނީ ޢުމްރާ ކުންފުނިތަކުގެ ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ. ވަޒީރު ވިދާޅުވީ، ޚިދުމަތުގެ ފެންވަރާއި އެއްވަރަށް އިދާރީ ގޮތުންވެސް ކުންފުނިތަކުގެ މަސައްކަތް އިތުރަށް ރަނގަޅު ކުރަން ޖެހޭކަން ފާހަގަކުރައްވާކަމަށެވެ. އެގޮތުން މިއަދުގެ ރަސްމިއްޔާތުގައި އިދާރީ ގޮތުންނާއި ޚިދުމަތުގެ ގޮތުން އެންމެ ރަނގަޅު ކުންފުނިތައް ހޮވާފައިވަނީ ވުޒާރާއަށް ހުށައަޅަން ޖެހޭ ލިޔެކިޔުންތައް އެންމެ ފުރިހަމައަށް ހުށައަޅާފައިވާ ކުންފުނިތަކަށްކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ވަޒީރުގެ ވާހަކަަފުޅުގައި ވަނީ ދިވެހި ޢުމްރާވެރިން އުފުލުމުގައި ހަރަކާތްތެރިވާ ޤައުމީ އެއާލައިން މޯލްޑިވިއަންއާއި ސަޢުދީ ޢަރަބިއްޔާގެ ސަޢުދީ އެއާލައިންއިން ދެއްވާ ޚިދުމަތަށް އެ ދެ ކުންފުންޏަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި ރާއްޖެއާއި މެދު ބަހައްޓަވާ ގާތްކަމަށްޓަކައި ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒްއަށާއި، ވަލީއަޙްދު މުޙައްމަދު ބިން ސަލްމާނަށާއި، ސަޢުދީ ޙައްޖު މިނިސްޓްރީ އަދި ރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީގެ އިސްވެރިންނަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން މިއަހަރުގެ ޙައްޖު ޢުމްރާ ކޮންފަރެންސް އަދި އެގްޒިބިޝަންގައި ބައިވެރިވެލެއްވުމަށް ސަޢުދީ ޢަރަބިއްޔާގެ އަލްސަފްވާ ފައުންޑޭޝަންގެ ޗެއާމަން ބަންދަރު ބިން ޢަބްދުﷲ އަލްރާޖިޙީއާއި އެ ޖަމްޢިއްޔާގެ އިސްވެރިން ވަޑައިގެންދެއްވުމުން މި ކޮންފަރެންސްގެ ހައިބަތު އިތުރަށް ބޮޑުވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެކަމަށްޓަކައި އެ ޖަމްޢިއްޔާގެ ވެރިންނަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.

ވަަޒީރުގެ ވާހަކަފުޅުގައި ވަނީ ޙައްޖު ކޯޓާ އިތުރު ކުރުމަށް ކުރެވެމުންދާ މަސައްކަތަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މިވަގުތު ސަޢުދީ ޢަރަބިއްޔާއިން އެއްވެސް ޤައުމަކަށް އިތުރު ކޯޓާ ނުދެއްވާކަމަށާއި، އެއްވެސް ޤައުމަކަށް އިތުރަށް ކޯޓާ ދެއްވާނަމަ އެ ލިސްޓުގައި ދިވެހިރާއްޖެ ހިމެނިގެންދާނެކަމުގެ ޔަޤީންކަން އޮންނެވިކަމަށް ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މިއަދު ފެށުނު ޙައްޖު ޢުމްރާ ކޮންފަރެންސް އަދި އެގްޒިބިޝަންގައި މި ދާއިރާގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތަކަކުން ބައިވެރިވެލައްވައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC