logoEN
WAMCO TOP 1
ރާއްޖޭގެ އިސްލާމީ ޙަޟާރަތުގައި އައުޤާފަކީ މުހިންމު ދައުރެއް އަދާކުރާ ނިޒާމަކަށް ހަދާނަން - ޝަހީމް

ރާއްޖޭގެ އިސްލާމީ ޙަޟާރަތުގައި އައުޤާފަކީ މުހިންމު ދައުރެއް އަދާކުރާ ނިޒާމަކަށް ހަދާނަން - ޝަހީމް

އަހުމަދު ޝުރާއު

logo

4/15/2026, 9:58:33 AM

# ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

-

ރާއްޖޭގެ އިސްލާމީ ޙަޟާރަތުގައި އައުޤާފަކީ މުހިންމު ދައުރެއް އަދާކުރާ ނިޒާމަކަށް ހަދާނެކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

މިނިސްޓަރ މިހެން ވިދާޅުވީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްގެ މަޤާމާއި ހަވާލުވެލެއްވުމަށްފަހު މީޑިއާތަކަށް ފޮނުއްވެވި މެސެޖެއްގައެވެ. މިނިސްޓަރ ވިދާޅުވީ، ދިވެހި ރާއްޖޭގައި އައުޤާފު މަޝްރޫޢުތައް އިތުރުކޮށް އައުޤާފުގެ ނިޒާމު ހަރުދަނާކޮށް އައުޤާފު މެނޭޖްމަންޓް ސިސްޓަމެއް ޤާއިމުކޮށް، އައުޤާފު ޤާނޫނެއް ވުޖޫދު ކުރަން މަސައްކަތްކޮށް ރާއްޖޭގެ އިސްލާމީ ޙަޟާރަތުގައި އައުޤާފަކީ މުހިންމު ދައުރެއް އަދާކުރާ ނިޒާމަކަށް ހަދާނެކަމަށެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ނަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްގެ ނަމަށް ބަދަލުކުރައްވާފައެވެ. މިއީ އައުޤާފްގެ ދާއިރާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އިސްކަން ހާމަވަގެންދާކަމެކެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި އައުޤާފްގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް މިހާތަނަށްވެސް ކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ފަހުގެ
HDC