ހޭންޑްބޯޅަ ރެފްރީންގެ ފެންވަރު މަތި ކުރުމުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފި
# ދިވެހި ކުޅިވަރު # ހޭންޑްބޯލް މޯލްޑިވްސް-
ހޭންޑްބޯލް މޯލްޑިވްސް އިން ހޭންޑްބޯލް ރެފްރީންނަށް އަމާޒުކޮށްގެން ފެންވަރުމަތިކުރުމުގެ ހާއްސަ ތަމްރީން ޕްރޮގްރާމެއް ފަށައިފި އެވެ.

ޑިސެމްބަރު 10 އިން 17ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 42 މީހުން ވަނީ ބައިވެރިވެފައެވެ.
މި ޕްރޮގްރާމަކީ އޭޝިއަން ހޭންޑްބޯލް ފެޑެރޭޝަންގެ ރެފްރީސް ކޮމިޝަނުގެ އިރުޝާދާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ފިލާވާޅުތައް ނަގައިދެނީ ރާއްޖޭގައި މިވަގުތު ތިބި އޭޝިއަން ހޭންޑްބޯލް ފެޑެރޭޝަންގެ ރެފްރީން ކަމަށްވާ ޝިޒްނާ ރަޝީދު އާއި ރަފާހާ އިބްރާހިމް އެވެ.
ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު މުޖްތަބާ ވިދާޅުވީ، މި ތަމްރީން ޕްރޮގްރާމަކީ، ހޭންޑްބޯލް ރެފްރީންނަށް ވަރަށް މުހިންމު ތަމްރީން ޕްރޮގްރާމެއް ކަމަށާއި، މި ޕްރޮގްރާމްގެ ނިމިގެންދާއިރު، ރެފްރީންގެ ފެންވަރު ވަޒަން (ގްރޭޑް) ކުރެވިގެން ދާނެ ކަމަށެވެ. އަދި މި ޕްރޮގްރާމުގައި ބައިވެރިވުމަށް 56 މީހުން ހުށަހެޅިނަމަވެސް، އެކި ސަބަބުތަކާއެކު ބައެއް ފަރާތްތަކަށް ބައިވެރިނުވެނު ކަމަށެވެ.
މުޖްތަބާ އިތުރަށް ވިދާޅުވީ، ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގައި ހޭންޑްބޯލް ރެފްރީންނާއި، ކޯޗުން ތަމްރީންކުރުމުގެ އިތުރު ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
ގުޅުންހުރި
ހޭންޑްބޯޅަ ރެފްރީންގެ ފެންވަރު މަތި ކުރުމުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފި

އޭޝިއަން މާސްޓަރސް: 10 ކިލޯ މީޓަރު ދުވުމުން ދެވަނަ ހުސީއަށް

އޭޝިއަން މާސްޓާރސް: ޑިސްކަސް ތުރޯއިންގެ ފައިނަލުން ޝައްމޫން ޖާގަ ހޯދައިފި





