logoEN
Sto top
އަލް-ސަފްވާ ފައުންޑޭޝަނާއި ހައްޖު ކޯޕަރޭޝަނާއި ދެމެދު ފަހުމުނާމާއެއް!

އަލް-ސަފްވާ ފައުންޑޭޝަނާއި ހައްޖު ކޯޕަރޭޝަނާއި ދެމެދު ފަހުމުނާމާއެއް!

އަހުމަދު ޝުރާއު

logo

12/11/2025, 8:48:53 AM

# ހައްޖު ކޯޕަރޭޝަން

-

ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުން ތަމްރީން ކުރުމާއި ބިނާކުރުމާއި ގުޅޭ ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

Wamco

މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ މިއަދު މާލޭގައި ފެށުނު ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަންގެ ތެރެއިން ސަޢުދި ޢަރަބިއްޔާގެ އަލް-ސަފްވާ ފައުންޑޭޝަނާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާ ދެމެދުއެވެ.

މި އެއްބަސްވުމުގައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލްއެވެ. އަދި އަލް-ސަފްވާ ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެފައުންޑޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޢަބްދުﷲ މުޙައްމަދު އަލް-ޙަޖޫރީއެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ މިއީ ޙައްޖާއި ޢުމްރާގެ ކަންކަމުގައި މި ކޯޕަރޭޝަނަށް އަލް-ސަފްވާ ފައުންޑޭޝަނުން އެހީތެރިކަން ފޯރުކޮށްދިނުމާއި، އެ ކޯޕަރޭޝަންގެ މުވައްޒަފުން ހިލޭ ތަމްރީން ކުރުމާއި ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ.

ޙައްޖު ޢުމްރާ ކޮންފަރެންސްއަކީ ރާއްޖޭގައި މި ޚިދުމަތްދޭ ކުންފުނިތައް އެއް ތަނަކުން ބައްދަލުވެ، ދާއިރާއާއި ގުޅޭ މުހިއްމު ކަންކަމާއި މަޝްވަރާ ކުރުމާއި، ކުންފުނިތަކަށް ބޭނުންވާ މުހިއްމު މަޢުލޫމާތުތައް ހިއްސާކުރުމަށް ވުޒާރާއިން ބާއްވާ ދެވަނަ ކޮންފަރެންސްއެވެ. މިއަހަރުގެ ކޮންފަރެންސްއާއެކު ޢުމްރާ ކުންފުނިތަކުން ދޭ ޚިދުމަތްތައް އާއްމުންނަށް ފޯރުކޮށްދިނުމަށް އެގްޒިބިޝަނެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި އެގްޒިބިޝަން ކުރިއަށްދާނީ މިއަދު ހަވީރު 17:00 އާއި ހަމައަށް އަދި ހުކުރު ދުވަހު (މާދަމާ) ހަވީރު 16:00 އިން 19:00 އަށް އިސްލާމީ މަރުކަޒުގެ ލޮބީ ސަރަހައްދުގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC