
ފުވައްމުލަކުގައި ބެޓެރި އެނަރޖީ ސްޓޯރޭޖް ސިސްޓަމްގެ ބިންގާ އެޅުމުގެ މަސައްކަތް ފަށައިފި
# ބެޓެރީ އެނަރޖީ# ފުވައްމުލައް ސިޓީ# އިއާދަކުރަނިވި ހަކަތަފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ފުވައްމުލަކުގައި ބެޓެރި އެނަރޖީ ސްޓޯރޭޖް ސިސްޓަމްގެ ބިންގާ އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތަކީ ރަށުގެ ކަރަންޓު ގްރިޑަށް ހަކަތަ ގުޅާލުމާއި، ކަރަންޓު ނިޒާމުގެ ހަމަޖެހުން އިތުރުކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި ބެޓެރީ ސިސްޓަމް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ކަރަންޓު ސްޓޭޝަން ގޯތިތެރޭގައެވެ. ކަރަންޓު ސްޓޭޝަން ގޯތިތެރޭގައި މި ސިސްޓަމް ގާއިމުކުރުމުގެ ސަބަބުން ރަށުގެ ކަރަންޓު ގްރިޑަށް މި ސިސްޓަމް ގުޅާލުން ފަސޭހަވެ، ހަކަތަ މެނޭޖުކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
2 މެގަވޮޓްގެ މި ބީ.އީ.އެސް.އެސް ސިސްޓަމަކީ، 2 މެގަވޮޓްގެ ސޯލާ ޕީ.ވީ (ފޮޓޯވޮލްޓައިކް) ސިސްޓަމްތަކަށް ބާރުދިނުމަށްޓަކައި ބޭނުންކުރެވޭނެ ސިސްޓަމެކެވެ.
މިކަމުގެ ސަބަބުން ފުވައްމުލަކުގެ ހަކަތަ ފޯރުކޮށްދޭ ނިޒާމުގައި ސޯލާ ހަކަތައިގެ ބައި އިތުރުކޮށް، ސާފު ހަކަތައިގެ ބޭނުން އިތުރަށް ހިފުމަށް މަގުފަހިވާނެއެވެ. މިއީ ދިވެހިރާއްޖޭގެ ޖަޒީރާ ރަށްތަކުގައި އާދެމިހުންނަނިވި ހަކަތައިގެ މަޝްރޫއުތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ބައެކެވެ.
ގުޅުންހުރި

ފުވައްމުލަކުގައި ބެޓެރި އެނަރޖީ ސްޓޯރޭޖް ސިސްޓަމްގެ ބިންގާ އެޅުމުގެ މަސައްކަތް ފަށައިފި

10 އަތޮޅެއްގެ 23 ރަށެއްގައި ސޯލާ ޕީވީ ސިސްޓަމް ބަހައްޓަނީ

ފުވައްމުލަކުގައި "އުފާވެރި ދިރިއުޅުމަކަށް ކަސްރަތު 2025" ގެ ނަމުގައި ޕްރޮގްރާމެއް ހިންގައިފި





