
ކެރަމް ވޯލްޑްކަޕް: އެމެރިކާ ބަލިކޮށް ރާއްޖޭގެ އަންހެން ޓީމު ފައިނަލުން ޖާގަ ހޯދައިފި
# ކެރަމް ވޯލްޑް ކަޕް# ބޭރު ދުނިޔޭގެ ކުޅިވަރުރާއްޖެ އާއި އެމެރިކާ ވާދަކުރި މެޗުގެ ތެރެއިން .
މިހާރު ރާއްޖޭގައި ކުރިއަށްދާ ކެރަމް ވޯލްޑްކަޕް އަންހެން ޓީމު އިވެންޓް ސެމީފައިނަލުގައި އެމެރިކާ ބަލިކޮށް ރާއްޖޭގެ އަންހެން ގައުމީ ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މިއީ ކެރަމް ވޯލްޑްކަޕްގެ ޓީމު އިވެންޓެއްގައި ރާއްޖޭގެ ޓީމަކުން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. އަދި ސެމީގައި އެމެރިކާ އަތުން ދިވެހި ޓީމު ކުރިހޯދީ ތިން ގޭމުގެ ތެރެއިން ފުރަތަމަ ދެގޭމް ކާމިޔާބުކޮށްގެންނެވެ.
އެގޮތުން މިއިވެންޓުގައި ކުޅުނު ސިންގަލްސް ފުރަތަމަ މެޗުގައި ރާއްޖޭގެ އައިޝަތު ފައިނާޒު ވަނީ ފަސޭހަކަމާއެކު ސީދާ ދެސެޓުން އެމެރިކާގެ ވައިދެހީ ކަދަމް ބަލިކޮށްފައެވެ. ފައިނާޒް މިމެޗުގެ ސެޓްތައް ކާމިޔާބުކުރީ 11-25 އަދި 0-25 ގެ ނަތީޖާއަކުންނެވެ.
މިއިވެންޓްގެ ޑަބަލް މެޗުގައި ރާއްޖޭގެ އައިޝަތު ނަހުފާ އާއި ފާތުމަތު ރަޔާނާގެ ޕެއާ އިން ވަނީ ފަސޭހަކަމާއެކު ސީދާ ދެ ސެޓުން އެމެރިކާގެ އުމާމަހޭޝްވަރީ އާއި ތޭޖަސްވަރީގެ ޕެއާ ބަލިކޮށްފައެވެ. ނަހުފާ އާއި ރަޔާނާގެ ޕެއާ އިން މެޗުގެ ސެޓްތައް ކާމިޔާބުކުރީ 4-23 އަދި 0-25 ގެ ނަތީޖާއަކުންނެވެ. އަދި މުބާރާތުގެ ފައިނަލުގައި ދިވެހި ޓީމުން ނުކުންނާނީ އިންޑިއާ އާއި ދެކޮޅަށެވެ.
ބާސެލޯ ނަސަންދުރާގައި މިހާރު ކުރިއަށްދާ ކެރަމް ވޯލްޑް ކަޕްގައި ދުނިޔޭގެ އެކި ބައްރުތަކުން 17 އަށް ވުރެ ގައުމުން ގާތްގަނޑަކަށް 150އަށްވުރެ ގިނަ އެތުލީޓުން ވާދަކުރެއެވެ.
ކެރަމް ވޯލްޑް ކަޕަކީ އައީސީއެފް އިން ބާއްވާ އެންމެ ޝަރަފުވެރި މުބާރާތެވެ. ރާއްޖޭގައި އެންމެ ފަހުން ކެރަމް ވޯލްޑް ކަޕެއް ބޭއްވީ މީގެ 11 އަހަރު ކުރީންނެވެ. އެއީ، 2014 ވަނަ އަހަރު އެވެ. އެ ފަހަރުގެ މުބާރާތް ބޭއްވީ ސަން އައިލެންޑް ރިސޯޓްގައެވެ.
ގުޅުންހުރި

އާސެނަލް ބަލިކޮށް އެސްޓަންވިލާ ދެވަނައަށް





