
އެމްގެޕް ސްޓޭންޑަރޑަށް ދަނޑުވެރިން އަހުލުވެރި ކުރުމަށް ވޯކްޝޮޕެއް ބާއްވަނީ
# ދަނޑުވެރިކަމާއި ބެހޭ ވުޒާރާ-
މިނިސްޓްރީއާއި ޔުނައިޓެޑް ނޭޝަންސް ޑެވެލޮޕްމެންޓް ޕްރޮގްރާމްގެ ޕްރޮޖެކްޓް ފޯ ޑެވެލޮޕިންގ ސަސްޓެއިނަބަލް އެގްރިކަލްޗަރ އިކޮނޮމީ (PDSAE)ގެ ދަށުން މޯލްޑްވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް (M-GAP) ސްޓެންޑަރޑަށް ދަނޑުވެރިން އަހުލުވެރިކުރުމާއި، ސްޓެންޑަރޑް ކުރިއެރުވުމުގެ ގޮތުން ވޯކްޝޮޕެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ މިމަހުގެ 7 – 8 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕްގައި ރާއްޖޭގެ 22 ރަށަކުން 55 ފަރާތަކުން ބައިވެރިވާނެ ކަމަށާއި އޭގެ ތެރޭގައި ހިމެނޭނީ ބައިވެރިވާ ކޮންމެ ރަށަކުން ކައުންސިލް އޮފިޝަަލަކާއި ދަންޑުވެރިއެއް ކަމަށެވެ.
މި ވޯކްޝޮޕްގައި ސްޓެންޑަރޑްގެ ތިއަރީ ބައި ކުރިޔަށް ގެންދާނީ މާލޭ ސިޓީގައެވެ. އަދި އެއަށް ފަހު، ޕްރެކްޓިކަލް ބައި ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އއ. ތޮއްޑޫގައެވެ.
ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށާއި، ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމްގެޕް ނުވަތަ މޯލްޑިވިސް ގުޑް އެގްރިކަލްޗަރ ޕްރެކްޓިސަސް އަކީ މުހިންމު ސްޓޭންޑަރޑެކެވެ. މިހާތަނަށް ރާއްޖޭގައި 10 ދަނޑުވަނީ އެމްގެޕް ސެޓިފައިޑް ވެފައެވެ. އެއީ ށ. ގޮައިދޫގެ މިއީ ފުރަތަމަ ފަހަރަށް 5 މޮޑިއުލް ފުރިހަމަކޮށް ސެޓިފައިޑްވި ފުރަތަމަ ފަހަރެވެ.
ގުޅުންހުރި

އެމްގެޕް ސްޓޭންޑަރޑަށް ދަނޑުވެރިން އަހުލުވެރި ކުރުމަށް ވޯކްޝޮޕެއް ބާއްވަނީ

ނޮޅިވަރަމްގައި ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ވިއްކުމަށް ތަނެއް ގާއިމް ކުރަނީ

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމަށް ލީޑް ފާމަރުން ތަމްރީންކުރަނީ





