ކެރަމް ވޯލްޑްކަޕް: ފިރިހެން ޑަބަލްސް ޗެމްޕިއަންކަން އިންޑިއާގެ ސްރީނިވާސް އާއި އަބީޖިތްގެ ޕެއާ އިން ހޯދައިފި
# ބޭރު ދުނިޔޭގެ ކުޅިވަރު# ކެރަމް ވޯލްޑް ކަޕްއިންޑިއާގެ ސްރީނިވާސް އާއި އަބީޖިތްގެ ޕެއާ..
މާލޭގައި މިހާރު ކުރިއަށްދާ ހަތްވަނަ ކެރަމް ވޯލްޑް ކަޕްގެ ފިރިހެން ޑަބަލްސް އިވެންޓްގެ ޗެމްޕިއަންކަން އިންޑިއާގެ އަބީޖިތް އާއި ސްރީނިވާސްގެ ޕެއާ އިން ހޯދައިފިއެވެ.

މުބާރާތުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން އަބީޖިތް އާއި ސްރީނިވާސްގެ ޕެއާ އިން ހޯދީ ފައިނަލުގައި ފަސޭހަކަމާއެކު 2-0 ގެ ނަތީޖާއަކުން އެގައުމުގެ ޕްރަޝާންތް އާއި ސަންދީޕްގެ ޕެއާ ބަލިކުރުމަށްފަހު އެވެ.
މުޅި މެޗުގައި ވެސް އަބީޖިތް އާއި ސްރީނިވާސްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ދެސެޓް އެޓީމުން ކާމިޔާބުކުރީ ފަސޭހަކަމާއެކު 5-24 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
މީގެ އިތުރުން މުބާރާތުގެ ފިރިހެން ޑަބަލްސް ތިންވަަނަ ހޮވަން ކުޅުނު މެޗުގައި ބަންގްލަދޭޝްގެ ހެމްއަތު މޮއްލާ އާއި ހަފީޒުއްރަހުމާންގެ ޕެއާ ސީދާ ދެސެޓުން ބަލިކޮށް ސިންގަޕޫރުގެ ލީނަސް އާއި ރަމަންޕްރީތުގެ ޕެއާ އިން ވަނީ ފިރިހެން ޑަބަލްސް ތިންވަަނަ ހޯދާފައެވެ. ލީނަސް އާއި ރަމަންޕްރީތު މެޗުގެ ސެޓްތައް ކާމިޔާބުކުރީ 20-21 އަދި 5-19 ގެ ނަތީޖާއަކުންނެވެ.
ބާސެލޯ ނަސަންދުރާގައި މިހާރު ކުރިއަށްދާ ކެރަމް ވޯލްޑް ކަޕްގައި ދުނިޔޭގެ އެކި ބައްރުތަކުން 17 އަށް ވުރެ ގައުމުން ގާތްގަނޑަކަށް 150އަށްވުރެ ގިނަ އެތުލީޓުން ވާދަކުރެއެވެ.
ކެރަމް ވޯލްޑް ކަޕަކީ އައީސީއެފް އިން ބާއްވާ އެންމެ ޝަރަފުވެރި މުބާރާތެވެ. ރާއްޖޭގައި އެންމެ ފަހުން ކެރަމް ވޯލްޑް ކަޕެއް ބޭއްވީ މީގެ 11 އަހަރު ކުރީންނެވެ. އެއީ، 2014 ވަނަ އަހަރު އެވެ. އެ ފަހަރުގެ މުބާރާތް ބޭއްވީ ސަން އައިލެންޑް ރިސޯޓްގައެވެ.
ގުޅުންހުރި

އާސެނަލް ބަލިކޮށް އެސްޓަންވިލާ ދެވަނައަށް





