ކެރަމް ވޯލްޑްކަޕް: އަންހެން ޑަބަލްސް ޗެމްޕިއަންކަން އިންޑިއާގެ ކީރުތަނާ އާއި ކާޖަލްގެ ޕެއާ އިން ހޯދައިފި
# ބޭރު ދުނިޔޭގެ ކުޅިވަރު# ކެރަމް ވޯލްޑް ކަޕްއިންޑިއާގެ ކީރުތަނާ އާއި ކާޖަލް
މާލޭގައި މިހާރު ކުރިއަށްދާ ހަތްވަނަ ކެރަމް ވޯލްޑް ކަޕްގެ އަންހެން ޑަބަލްސް އިވެންޓްގެ ޗެމްޕިއަންކަން އިންޑިއާގެ ކީރުތަނާ އާއި ކާޖަލްގެ ޕެއާ އިން ހޯދައިފިއެވެ.

މުބާރާތުގެ އަންހެން ޑަބަލްސް ފައިނަލުގައި ކީރުތަނާ އާއި ކާޖަލްގެ ޕެއާ ޗެމްޕިއަންކަން ހޯދީ ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން އެގައުމުގެ މިތުރާ އާއި ހާޒިމާގެ ޕެއާ ބަލިކުރުމަށްފަހު އެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެދިޔަ ފައިނަލް މެޗުގެ ފުރަތަމަ ސެޓް ކީރުތަނާ އާއި ކާޖަލްގެ ޕެއާ އިން ކާމިޔާބުކުރީ ވަރަށް ހަމަހަމަ ކުޅުމަކަށްފަހު 15-16 ގެ ނަތީޖާއަކުންނެވެ. އަދި ޖެހިގެން އައި ދެވަނަ ސެޓް ފަސޭހަކަމާއެކު 10-25 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މިތުރާ އާއި ހާޒިމާގެ ޕެއާ އިން މެޗުގެ ނަތީޖާ އެއްވަރުކުރިއެވެ. ނަމަވެސް ތިން ވަނަ ސެޓް 16-19 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ކީރުތަނާ އާއި ކާޖަލްގެ ޕެއާ އިން ވަނީ މުބާރާތުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދާފައެވެ.
ބާސެލޯ ނަސަންދުރާގައި މިހާރު ކުރިއަށްދާ ކެރަމް ވޯލްޑް ކަޕްގައި ދުނިޔޭގެ އެކި ބައްރުތަކުން 17 އަށް ވުރެ ގައުމުން ގާތްގަނޑަކަށް 150އަށްވުރެ ގިނަ އެތުލީޓުން ވާދަކުރެއެވެ.
ކެރަމް ވޯލްޑް ކަޕަކީ އައީސީއެފް އިން ބާއްވާ އެންމެ ޝަރަފުވެރި މުބާރާތެވެ. ރާއްޖޭގައި އެންމެ ފަހުން ކެރަމް ވޯލްޑް ކަޕެއް ބޭއްވީ މީގެ 11 އަހަރު ކުރީންނެވެ. އެއީ، 2014 ވަނަ އަހަރު އެވެ. އެ ފަހަރުގެ މުބާރާތް ބޭއްވީ ސަން އައިލެންޑް ރިސޯޓްގައެވެ.
ގުޅުންހުރި

އާސެނަލް ބަލިކޮށް އެސްޓަންވިލާ ދެވަނައަށް





