
އައްޑޫ އިން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑުންތަކެއް ހައްޔަރުކޮށްފި
# ޑްރަގް# މަސްތުވާތަކެތި# އައްޑޫ ސިޓީ# މަސްތުވާތަކެތީގެ މައްސަލަ# ދިވެހި ފުލުހުންގެ ޙިދުމަތްފޮޓޯ: ޕޮލިސް
އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ އިސްފަރާތްތަކެއް ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން އޮޕަރޭޝަން އަލިމަގު ގައި 2025 ޑިސެމްބަރ 3 ވަނަ ދުވަހުގެރޭ އައްޑޫ ސިޓީގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އައިސްފައިވާ ނެޓްވޯރކެއްގެ އިސްފަރާތްތައް ވަނީ ހައްޔަރުކޮށްފައެވެ.
މިނެޓްވޯރކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަނީ ލޯންޑަރ ކުރުމުގެ އިންވެސްޓިގޭޝަނެއް ފުލުހުން ފަށާފައިވަނީ މި އަހަރު މާރޗް މަހުން ފެށިގެން ކަމަށް ފުލުހުން ބުންޏެވެ. އަދި މި ނެޓްވޯރކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ފުލުހުންނަށްވަނީ ހޯދިފާއި ކަމަށްވެސް ފުލުހުން ބުންޏެވެ.
ފާއިތުވި 5 އަހަރު މި ނެޓްވޯރކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފަވާއިރު މި އޮޕަރޭޝަނަކީ މިހާރުވެސް ކުރިއަށްދާ އޮޕަރޭޝަނަކަށްވުމާއި މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން އިތުރު މައުލޫމާތު ހިއްސާކުރަމުންދާނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ "އޮޕަރޭޝަން އަލިމަގު" ގައި މިހާތަނަށް 29.68 ކިލޯގެ މަސްތުވާތަކެތި ފުލުހުން ވަނީ އަތުލައިގެންފައެވެ."އޮޕަރޭޝަން އަލިމަގު" އާ ގުޅޭގޮތުން ފުލުހުން މީގެ ކުރިން ބުނެފައިވަނީ ރާއްޖޭގެ 5 ސަރަހައްދެއްގެ 39 ރަށެއްގައި ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި 500 ފުލުހުން ބައިވެރިވި ކަމަށެވެ. އަދި 105 ތަނެއް ބަލައި ފާސްކުރުމަށްފަހު 110 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.މީގެ އިތުރުން 1 ކަނޑު އުޅަނދާއި 9 އެއްގަމު އުޅަނދުވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ.މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރެއިން 61 މީހެއްގެ ކުޑަކަމުދާ ތަކެތި ޓެސްޓް ކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު އެ މީހުން ކޯޓަށް ހާޒިރުކުރުމުން 38 މީހެއްގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.
ގުޅުންހުރި

މާލެގެ ދެ ގެއެއް ފާސްކޮށް 500 އަށްވުރެ ގިނަ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް އަތުލައިގަނެފި

މާލޭގެ ދެ ގެއަކާއި ދެ އުޅަނދެއް ބަލައިފާސްކޮށް ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް!

މަސްތުވާތަކެތި ވިއްކާ އެ ބޭނުންކުރާ މީހުންނަށް ދެން އޮންނާނީ ހަރުކަށި ޤާނޫނީ ފިޔަވަޅު: އިހްސާން





