
ސަރުކާރުގެ އިދާރާއަކަށް މަސްތުވާތަކެތި ވައްދަން އުޅުނު މީހަކު ހައްޔަރުކޮށްފި
# ފުލުހުން# މަސްތުވާތަކެތީގެ މައްސަލަމަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހާ- ފޮޓޯ: ފުލުހުން
ނ. އަތޮޅުގައި ހުންނަ ސަރުކާރުގެ އިދާރާއަކަށް މަސްތުވާތަކެތި ވައްދަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. ނައިފަރު/ ފުންވިލު، ޒައިދު މުހައްމަދު (36އ) ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ނާކޮޓިކްސް އިންޓެލިޖެންސާއި މަނަދޫ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މި މަހުގެ 26 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 20 ރަބަރު ޕެކެޓް ފެނިފައިވާއިރު، އެތަކެތީގެ ވަގުތީ ބަރުދަނަކީ 7.2 ގުރާމް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ގުޅުންހުރި

ސަރުކާރުގެ އިދާރާއަކަށް މަސްތުވާތަކެތި ވައްދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ބަނގުރާ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން 2 މީހަކު ހައްޔަރުކޮށްފި

ބްރިޖްގައި ނުރައްކާތެރިކޮށް ދުއްވި 3 ސައިކަލު 30 ދުވަހަށް ޓޯ ކޮށްފި




