logoEN
Sto top
އިންތިޚާބީ ނިޒާމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ހިންގި ޕްރޮގްރާމު ނިންމާލައިފި

އިންތިޚާބީ ނިޒާމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ހިންގި ޕްރޮގްރާމު ނިންމާލައިފި

# އިލެކްޝަންސް ކޮޮމިޝަން# އިންތިޚާބު

ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ޑިމޮކުރެޓިކް ވެށި ހަރުދަނާކޮށް އަހުލުވެރިކުރުމުގެ ގޮތުން ރާއްޖޭގެ 12 އަތޮޅެއްގެ 36 ރަށެއްގައި ކުރިޔަށްގެންދިޔަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

Wamco

އިލެކްޝަންސް ކޮމިޝަނުން ބުނީ މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ، ޑިމޮކްރެޓިކު ވެށި ހަރުދަނާކުރުމުގެ ގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމާއި، ދިވެހިރާއްޖޭގެ ޑިމޮކުރެޓިކު ނިޒާމު ހިނގާގޮތާއި، އަސާސްތަކާއި، މަލްޓިޕާޓީ ސިސްޓަމްއާ ގުޅޭ މައުލޫމާތާއި، ރައްޔިތުންނަށް ލިބިދޭ ހައްޤުތަކާއި، ނިޒާމުގައި ހިމެނޭ ފަރާތްތަކުން ނަގަންޖެހޭ ޒިންމާތަކާއި، އިންތިޚާބީ ނިޒާމަށް އާންމުން ހޭލުންތެރިކުރުވުމުގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ރައްޔިތުން އަޙުލުވެރިކުރުވުން ކަމަށެވެ.

undefined

މިދިޔަ މަހު 28 އިން މިމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ހއ، ށ، ނ، ރ، ޅ، އދ، ފ، ތ، ގއ، ގދ، އައްޑު އަތޮޅު، އައްޑޫ ސިޓީ، އަދި ފުވައްމުލަކު ސިޓީގައި ކުރިއަށްގެންދިޔަ ހޭލުންތެރިކުރުވުމުގެ މި ހަރަކާތުގައި، ޖުމްލަ 851 ފަރާތަކުން ބައިވެރިވެ، މި ޕްރޮގްރާމް ވަނީ ފުރިހަމަކޮށްފައެވެ.

މިފަދަ ޕްރޮގްރާމްތައް އަދިވެސް އިތުރުކުރަން ޖެހޭކަމަށާއި މިކަހަލަ ޕްރޮގްރާމްތަކުގެ މުހިންމުކަމާއި، ޑިމޮކުރެޓިކު ވެށި ހަރުދަނާކުރުމާއި، ވެށި ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާއި، އަދި އެކަމުގެ މުހިންމުކަން މި ޕްރޮގްރާމްގެ ސަބަބުން އެނގިގެންދިޔަކަމަށް ސެޝަންގެ ބައިވެރިން ވަނީ ފާހަގަކޮށްފައެވެ.

އަދި ޑިމޮކުރަސީގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭކަންވެސް ވަނީ ފާހަގަކޮށްފައެވެ. އަދި ޒުވާނުންނާއި އަލަށް ވޯޓުލެވޭ ގިނަ ބައިވެރިންނާއެކު ކުރިއަށްގެންދިޔަ "ކޮފީ ވިތް ޔޫތް" އިވެންޓުގައި، ޑިމޮކުރަސީގެ އަސްލު ރީތި ސިފަ މިހާރު އެބަ ފެންނަކަމަށާއި ކޮފީގައި ބައިވެރިވި ޒުވާނުންގެ ފަރާތުން ޑިމޮކުރަސީ ކުރިއެރުވުމަށާއި ޑިމޮކުރަސީއާގުޅޭ މަޢުލޫމާތު އެހެން މީހުންނަށް ފޯރުކޮށްދިނުމުގައި ފުރިހަމަ އެއްބާރުލުން ލިބޭނެކަންވެސް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިރުތުން، މިފަދަ އިތުރު ޕްރޮގްރާމްތައް ޒުވާނުންނަށް ހާއްސަކޮށް ކުރިއަށްގެންގޮސް ދިނުމަށްވެސް ވަނީ އެދިފައެވެ.

undefined

މި ޕްރޮގްރާމަކީ މި ކޮމިޝަނުގެ އިތުރުން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ލާރނިންގ ސެންޓަރ (ފުވައްމުލައް ސިޓީ)ގެ ބައިވެރިވުމާއެކު ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. އަދި މިހަރަކާތުގެ މީޑިއާ ޕާރޓްނަރެއްގެ ގޮތުން ޕަބްލިކް ސަރވިސް މީޑިއާވެސް ފުވައްމުލަކު ސިޓީގައިވަނީ ހަރަކާތްތެރިވެފައެވެ.

undefined

މިއީ، އަތޮޅުތެރެއަށް އަމާޒުކޮށްގެން ޑިމޮކްރެޓިކް ނިޒާމަކަށް ލޯހުޅުވިފައިވާ ބާރުވެރި މުޖުތަމަޢުއެއް ބިނާކުރުމަށްޓަކައި މި ކޮމިޝަނުން ކުރިއަށްގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްއެކެވެ. މި ޕްރޮގްރާމްގެ ދަށުން އަންނަ އަހަރުވެސް ތަފާތު ހަރަކާތްތައް ހިންގުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC