
ރާއްޖެއާއި އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިޔަށްގެންްދާ "އެކްސަސައިޒް އެކުވެރިން" ޓްރިވެންޑްރަމްގައި ފަށައިފި
# ދިވެހި ސިފައިން-
އެމްއެންޑީއެފާއި އިންޑިއަން އާމީ ގުޅިގެން ކުރިއަށްގެންދާ ޖޮއިންޓް މިލިޓަރީ އެކްސަސައިޒް، "އެކްސަސައިޒް އެކުވެރިން" ގެ 14ވަނަ އެޑިޝަން، އިންޑިއާގެ ޓްރިވެންޑްރަމްގައި އިއްޔެ ފަށައިފިއެވެ.

ކޮންމެ ދެ އަހަރަކުން އެއް އަހަރު، އިންޑިއާ އަދި ދިވެހިރާއްޖޭގެ ތެރެއިން ފަހަރަކު ގައުމެއްގައި ބާއްވަމުން ގެންދާ "އެކްސަސައިޒް އެކުވެރިން" ގެ މި އަހަރުގެ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު 2އިން 16އަށް، 14 ދުވަހުގެ މުއްދަތަށެވެ.
މި އެކްސަސައިޒްގައި އެމްއެންޑީއެފް މެެރިން ކޯރގެ 45 މެރީންސް ބައިވެރިވެއެވެ.
މި އެކްސަސައިޒްގައި އެމްއެންޑީއެފް ކޮންޓިންޖެންްޓްގެ ކޮމާންޑަރަކީ، އެމްއެންޑީއެފް މެރިން ކޯރ ހެޑްކުއޯޓަރޒްގެ އޮޕަރޭޝަންސް އަދި ޓްރެއިނިންގ އެންޑް އެޑިޔުކޭޝަން ޑައިރެކްޓަރ، މޭޖަރ ޢަބްދުލް ހަސީބް އިބްރާހީމެވެ.
ގުޅުންހުރި

އަލިފާނުގެ ހާދިސާގައި ހިޔާ ފްލެޓަކަށް ބޮޑެތި ގެއްލުންތަކެއް!

އައްޑޫ ކައިރިން ދަތުރުކުރި ބޭރުގެ މުދާއުފުލާ ބޯޓެއްގެ ބަލިމީހަކަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިވެދީފި

ގ. މިތުރު ގޭގައި ރޯވުން: އަލިފާން ރޯވީ ގޮދަޑި މަތީގައި އޮތް އިލެކްޓްރޯނިކް ވަސީލަތެއްގައި ކަމަށް ބެލެވޭ!




