
ދިވެހި މީޑިއާތަކުން ކުރިޔަށްގެންދިޔަ ސިލޯނާއިއެކު ދިވެހީން ޓެލެތޯންއަށް 12 މިލިއަނަށްވިރެ ގިނަ ރުފިޔާ: ޝުކުރިއްޔާ ދިވެހީން!
# ސިލޯނާއެކު ދިވެހީން-
ލަންކާއަށް އެރި ބާރުގަދަ ތޫފާނާއިއެކު އެގައުމަށް ބޮޑެތި ގެއްލުންތަކެއްވެ ބައިނަލަގްވާމީ އެހީއަށް އެދިފައިވާ ދަނޑިވަޅެއްގައި ރާއްޖެއިންވެސް ލަންކާއަށް އެހީވުމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން އިސްނަގައިގެން ރާއްޖޭގެ ގިނަ މީޑިއާތަކަކާއި ގުޅިގެން ކުރިޔަށް ގެންދިޔަ ޓެލެތޯން ރަސްމީކޮށް ނިންމާލައިފި އެވެ.

ސިލޯނާއެކު ދިވެހީން"ގެ ނަމުގަ ޚާއްސަ ޓެލެތޯނެއް ފެށީ އާދީއްތަ ދުވަހުގެ ހެނދުނު 9 ޖެހިއިރުއެވެ. މި ޓެލެތޯން އެރޭ މެންދަމު 1 އާއި ހަމައަށް ކުރިޔަށްގެންދަން ތާވަލުކުރި ނަމަވެސް ފަހުން ޓެލެތޯންގެ ވަގުތު އިތުރުކޮށް އިއްޔެ މެންދުރު 2 އާއި ހަމައަށް ވަނީ ދަންމާލާފައި އެވެ. މިއީ ލަންކާއަށް އެރި ބާރުގަދަ ތޫފާނާއިއެކު އެގައުމަށް ބޮޑެތި ގެއްލުންތަކެއްވެ ބައިނަލަގްވާމީ އެހީއަށް އެދިފައިވާ ދަނޑިވަޅެއްގައި ރާއްޖެއިންވެސް ލަންކާއަށް އެހީވުމަށް ކުރިޔަށްގެންދިޔަ އެންމެ ބޮޑު އެއް ހަރަކާތެވެ.
މި ޓެލެތޯން ނިމުނު އިރު މުޅި ޖުމުލަ 11،553،291.10 ރުފިޔާވަނީ ލިބިފައެވެ. އަދި ޑޮލަރުން 51،088.31 ޑޮލަރު ލިބިފައެވެ.
މިއާއިއެކު މި ޓެލްތޯންގައި މުޅި ޖުމުލަ 12،341،466.62 ރުފިޔާ ވަނީ ލިބިފައި އެވެ.
މައުލޫމާތު ލިބޭގޮތުގައި މިއީ ލަންކާއަށް ދިމާވި ކާރިސާއާއި ގުޅިގެން މިހާތަނަށް ގައުމެއްގައި ކުރިޔަށް ގެންދިޔަ އެންމެ ބޮޑު އެއް ޓެލެތޯންއެވެ.
މި ޓެލެތޯންއަށް ސަރުކާރުގެ ގިނަ ކުންފުނިތަކަކުންނާއި މުވައްސަސާތަކާއި ވުޒާރާތަކުންވެސް ބޮޑެތި އެހީތެރިކަން ފޯރުކޮށްދީފައި އެވެ. މިގޮތުން މި ޓެލެތޯންއަށް އެންމެ ބޮޑު އެހީއެއް ފޯރުކޮށްދިނީ ދިވެހި ފުލުހުންނެވެ. ދިވެހި ފުލުހުންގެ ފަރާތުން މި ޓެލެތޯންއަށް 2،4 މިލިއަން ރުފިޔާ ހަދިޔާކުރި އިރު ދިވެހި އަސްކަރިއްޔާއިން ވަނީ 1 މިލިއަން ރުފިޔާ ހަދިޔާކޮށްފައެވެ.
މި ޓެލްތޯންގެ ކަންކަން ދެފުއްފެންނަ ގޮތަކަށް ކުރިޔަށް ގެންދިޔުމަށް ޕީއެސްއެމްއިން ވަނީ މި ޓެލެތޯންގެ ކަންކަން ޚާއްސަ މިނިވަން އޮޑިޓް ފާމްއެއް ކަމަށްވާ ކްރޯ މޯލްޑިވްސްއާއި ހަވާލުކޮށްފައި އެވެ.
ރަސްމީ ގޮތުން 37 މީޑިއާގެ ފުރިހަމަ ބައިވެރިވުމާއިއެކު ކުރިޔަށްގެންދިޔަ މިޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ދިވެހި ރައްޔިތުންނަށާއި ޖަމްޢިއްޔާ، ޖަމާޢަތް، ކްލަބްތަކާއި އޮފީސްތަކަށް ވެސް ހުޅުވާލިއެވެ. އަދި މި ޓެލެތޯނުގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމުގެ އިތުރުން ފަންޑަށް އެހީވުމަށް ފަސޭހަ ގިނަ އިންތިޒާމްތަކެއްވެސް ހަމަޖައްސާފައި ވެއެވެ. އެގޮތުން ކިއުއާރު ކޯޑް ސްކޭންކޮށްގެން ފަސޭހައިން ފައިސާ ޖަމާ ކުރެވޭނެ އިންތިޒާމް ހިމެނެއެވެ. އަދި ނަގުދު ފައިސާ، ޓްރާންސްފަރގެ އިތުރުން ޗެކް މެދުވެރިކޮށްވެސް މިޓެލެތޯނަށް ފައިސާ ޖަމާކުރެވޭ ގޮތް ވަނީ ހަމަޖައްސާފައެވެ.
ގުޅުންހުރި

ދިވެހި މީޑިއާތަކުން ކުރިޔަށްގެންދިޔަ ސިލޯނާއިއެކު ދިވެހީން ޓެލެތޯންއަށް 12 މިލިއަނަށްވިރެ ގިނަ ރުފިޔާ: ޝުކުރިއްޔާ ދިވެހީން!

ސިލޯނާއިއެކު ދިވެހީން: ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެއް ލައްކަ ރުފިޔާ ހަދިޔާކޮށްފި

ސިލޯނާއިއެކު ދިވެހީން: އެމްޕީއެލްގެ ފަރާތުން 350,000 ރުފިޔާ ހަދިޔާކޮށްފި
.jpeg&w=3840&q=75)




