
-
ލަންކާއަށް އެރި ބާރުގަދަ ތޫފާނާއިއެކު އެގައުމަށް ބޮޑެތި ގެއްލުންތަކެއްވެ ބައިނަލަގްވާމީ އެހީއަށް އެދިފައިވާ ދަނޑިވަޅެއްގައި ރާއްޖެއިންވެސް ލަންކާއަށް އެހީވުމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން އިސްނަގައިގެން ރާއްޖޭގެ ގިނަ މީޑިއާތަކަކާއި ގުޅިގެން ފެށި ޚާއްސަ ޓެލެތޯންއަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ފަރާތުން 350،000 ދިވެހި ރުފިޔާ ހަދިޔާކޮށްފި އެވެ.

"ސިލޯނާއެކު ދިވެހީން"ގެ ނަމުގަ ޚާއްސަ ޓެލެތޯނެއް ފެށީ އިއްޔެ ހެނދުނު 9 ޖެހިއިރުއެވެ. މި ޓެލެތޯން މިއަދުގެ 2 އާއި ހަމައަށް ކުރިޔަށްދާނެ އެވެ. މިއީ ލަންކާއަށް އެރި ބާރުގަދަ ތޫފާނާއިއެކު އެގައުމަށް ބޮޑެތި ގެއްލުންތަކެއްވެ ބައިނަލަގްވާމީ އެހީއަށް އެދިފައިވާ ދަނޑިވަޅެއްގައި ރާއްޖެއިންވެސް ލަންކާއަށް އެހީވުމަށް ކުރިއަށްގެންދާ ޓެލެތޯނެކެވެ.
މި ޓެލެތޯންއަށް އެމްޕީއެލްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނީ މިއަދު މެންދުރުއެވެ އެވެ. އެގޮތުން ޓެލެތޯން ކުރިޔަށްދާ ސްޓޫޑިއޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން ވަނީ ރަމްޒީ ޗެކު ޕީއެސްއެމްއާއި ރަސްމީކޮށް ހަވާލުކޮށްފައެވެ.
މިހާތަނަށް އައިރު ބީއެމްއެލްއިން މި ޓެލެތޯންއަށް ޚާއްސަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓަށް ވަނީ 10،743،125.84 ރުފިޔާ ލިބިފައެވެ. އަދި ޑޮލަރު އެކައުންޓަށް ވަނީ 43،631.31 ޑޮލަރު ލިބިފައެވެ.
މިޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ދިވެހި ރައްޔިތުންނަށާއި ޖަމްޢިއްޔާ، ޖަމާޢަތް، ކްލަބްތަކާއި އޮފީސްތަކަށް ވެސް ވަނީ ހުޅުވާލާފައެވެ.މި ޓެލެތޯނުގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމުގެ އިތުރުން ފަންޑަށް އެހީވުމަށް ފަސޭހަ ގިނަ އިންތިޒާމްތަކެއްވަނީ ހަމަޖައްސާފައެވެ. އެގޮތުން ކިއުއާރު ކޯޑް ސްކޭންކޮށްގެން ފަސޭހައިން ފައިސާ ޖަމާ ކުރެވޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ. އަދި ނަގުދު ފައިސާ، ޓްރާންސްފަރގެ އިތުރުން ޗެކް މެދުވެރިކޮށްވެސް މިޓެލެތޯނަށް ފައިސާ ޖަމާކުރެވޭ ގޮތް ވަނީ ހަމަޖައްސާފައެވެ.
މި ޓެލެތޯން ކުރިޔަށްދަނީ 37 މީޑިއާއެކުގައި އެވެ.
ގުޅުންހުރި

ސިލޯނާއިއެކު ދިވެހީން: ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެއް ލައްކަ ރުފިޔާ ހަދިޔާކޮށްފި

ސިލޯނާއިއެކު ދިވެހީން: އެމްޕީއެލްގެ ފަރާތުން 350,000 ރުފިޔާ ހަދިޔާކޮށްފި
.jpeg&w=3840&q=75)
ސިލޯނާއިއެކު ދިވެހީން: ސްޓެލްކޯއިން 250،000 ރުފިޔާ ހަދިޔާކޮށްފި





