logoEN
Sto top
ބިދޭސީންގެ ނަމުގައި އުޅަނދު ރަޖިސްޓަރީ ކުރުމުގެ ޚިދުމަތް ވަގުތީގޮތުން ހުއްޓާލައިފި

ބިދޭސީންގެ ނަމުގައި އުޅަނދު ރަޖިސްޓަރީ ކުރުމުގެ ޚިދުމަތް ވަގުތީގޮތުން ހުއްޓާލައިފި

އަހުމަދު ޝުރާއު

logo

12/1/2025, 10:04:51 AM

# ޓްރާންސްޕޯޓް މިނިސްޓްރީ

-

ރާއްޖޭގައި ބިދޭސީންގެ ނަމުގައި އުޅަނދު ރަޖިސްޓަރީ ކުރުމުގެ ޚިދުމަތް ވަގުތީގޮތުން ހުއްޓާލައިފި އެވެ.

Wamco

މިކަން ހާމަކުރެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އެވެ.

އެގޮތުން އަމީންގެ ޕޯސްޓުގައި ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ޚާއްސަކޮށް މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދުތައް ގިނަވެ، ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އިސްލާހުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އަދި މި ސަބަބާއި ހެދި ބިދޭސީންގެ ނަމުގައި އުޅަނދު ރަޖިސްޓަރީ ކުރުމުގެ ޚިދުމަތް މިވަގުތައް ހުއްޓާލެވިފައިވާ ކަމަށެވެ.

ގްރޭޓާ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ގިނަވެ، މަގުތަކަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ”ޑީކޮންޖެޝަން ޕްރޮގްރާމް“ގެ ނަމުގައި ޓްރާންސްޕޯޓް މިނިސްޓްރީންވެސް ވަނީ ހާއްސަ ޕްރޮގްރާމެއް ފަށައިފަ އެވެ.

އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 446 އުޅަނދު ނައްތާލާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC