ރާއްޖެއާއި އޮސްޓްރޭލިއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ
# ޓްރާންސްޕޯޓް މިނިސްޓްރީ# ދަތުރުފަތުރާއި އެތެރޭގެ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން# އޮސްޓްރޭލިއާއޮސްޓްރޭލިއާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން- ފޮޓޯ: މިނިސްޓަރު އަމީން
ރާއްޖެއާއި އޮސްޓްރޭލިއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މިކަން ހާމަކޮށްފައިވަނީ ދެ ގައުމުގެ ދެމެދު ވައިގެ ދަތުރުފަތުރުގެ ހިދުމަތްތައް ގާއިމްކޮށް ފަސޭހަކުރުމަށްޓަކައި ސޮއިކުރެވުނު އެއްބަސްވުމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ހިއްސާކުރެއްވި ޕޯސްޓުގަ އެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބޯޑުގެ ޗެއާމަން އަބްދުލް ހާރިސް އެވެ. އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑިޕާޓްމަންޓް އޮފް އިންފްރާސްޓްރަކްޗަރ، ޓްރާންސްޕޯޓް، ރީޖަނަލް ޑިވެލޮޕްމަންޓް، ކޮމިއުނިކޭޝަންސް، ސްޕޯޓް އެންޑް ދި އާޓްސްގެ އެސިސްޓަންޓް ސެކްރެޓަރީ ފޯ އިންޓަނޭޝަނަލް އޭވިއޭޝަން ޖިމް ވޯލްފްއެވެ.
މިނިސްޓަރު އަމީން ވިދާޅުވީ އޮސްޓްރޭލިއާއާއި ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ އިދާރާތަކުން މި ސޮއިކުރި އެމްއޯޔޫއަކީ ދެ ގައުމުގެ ދެމެދުގައިވާ "ބައިލެޓަރަލް އެއާ ސާވިސަސް އެގްރީމަންޓް" އިތުރަށް ކުރިއެރުވުމަށް އެޅުނު ފިޔަވަޅެއް ކަމަށެވެ. އަދި މިއަދުން ފެށިގެން އޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު އެއާލައިންތަކުން ދަތުރުތައް ހިންގުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ މީގެ ސަބަބުން ދަތުރުފަތުރާއި، ފަތުރުވެރިކަމާއި، އަދި ވިޔަފާރީގެ ދާއިރާއިން އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.
.gif&w=3840&q=75)






