logoEN
PNC TOP 3
ރޯދަމަހު މާލެ ސަރަހައްދުގައި މުދާ އުފުލާ ގަޑިތައް ކަނޑައަޅައިފި

ރޯދަމަހު މާލެ ސަރަހައްދުގައި މުދާ އުފުލާ ގަޑިތައް ކަނޑައަޅައިފި

# ލޯކަލް މާރުކޭޓޫ# ޓްރާންސްޕޯޓް މިނިސްޓްރީ# ރޯދަމަސް

މާރުކޭޓް ސަރަހައްދު، މުދާ އުފުލަނީ- ފޮޓޯ: ގާފު

ރޯދަ މަހު މާލެ ސަރަހައްދުގައި މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި މުދާ އުފުލުމަށް މަނާ ގަޑިތައް ޓްރާންސްޕޯޓް މިިނިސްޓްރީން ކަނޑައަޅައިފި އެވެ.

PNC MID 2

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ރޯދަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހަށް އަދި ޝައްވާލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހަށް ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން 09:30 އަށް މުދާ އުފުލުން މަނާވާނެ ކަމަށެވެ. އަދި ހަވީރު 16:30 އިން ފެށިގެން ރޭގަނޑު 20:00 އަށްވެސް މުދާ އުފުލުން މަނާވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިވަނީ ހާމަކޮށްފަ އެވެ.

މީގެ އިތުރުން ރޯދަމަހުގެ 20 ވަނަ ދުވަހުން ފެށިގެން މަސް ނިމެންދެން، ކޮންމެ ދުވަހެއްގެ ހަވީރު 16:30 އިން ރޭގަނޑު 20:00 އަށް ބަރު އުޅަނދު ދުއްވުމާއި މުދާ އުފުލުމަކީ މަނާ ކަމެއް ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

މީގެއިތުރުން މިނިސްޓްރީން ވަނީ މި އުސޫލުތަކާ ހިލާފުވާ ފަރާތްތައް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން 750 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ބުނެފަ އެވެ.

އެހެންކަމުން، ހުރިހާ ފަރާތްތަކުންވެސް މިކަމަށް ސަމާލުކަންދީގެން، ކަނޑައެޅިފައިވާ ގަޑިތަކަށް ސަމާލުވުމަށް މިނިސްޓްރީން އިލްތިމާސްކުރެ އެވެ.

މިއީ ކޮންމެ ރޯދަ މަހެއްގައިވެސް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމާ ނިންމުމެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC