
ސިލޯނާއިއެކު ދިވެހީން: ދިވެހި ސިފައިންގެ ފަރާތުން އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފި
# ސިލޯނާއެކު ދިވެހީން# ދިވެހި ސިފައިން-
ލަންކާއަށް އެރި ބާރުގަދަ ތޫފާނާއިއެކު އެގައުމަށް ބޮޑެތި ގެއްލުންތަކެއްވެ ބައިނަލަގްވާމީ އެހީއަށް އެދިފައިވާ ދަނޑިވަޅެއްގައި ރާއްޖެއިންވެސް ލަންކާއަށް އެހީވުމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން އިސްނަގައިގެން ރާއްޖޭގެ ގިނަ މީޑިއާތަކަކާއި ގުޅިގެން ފެށި ޚާއްސަ ޓެލެތޯންއަށް ދިވެހި ސިފައިންގެ ފަރާތުން އެއް މިލިއަން ދިވެހި ރުފިޔާ ހަދިޔާކޮށްފި އެވެ.

"ސިލޯނާއެކު ދިވެހީން"ގެ ނަމުގަ ޚާއްސަ ޓެލެތޯނެއް ފެށީ އިއްޔެ ހެނދުނު 9 ޖެހިއިރުއެވެ. މި ޓެލެތޯން މިއަދުގެ 2 އާއި ހަމައަށް ކުރިޔަށްދާނެ އެވެ. މިއީ ލަންކާއަށް އެރި ބާރުގަދަ ތޫފާނާއިއެކު އެގައުމަށް ބޮޑެތި ގެއްލުންތަކެއްވެ ބައިނަލަގްވާމީ އެހީއަށް އެދިފައިވާ ދަނޑިވަޅެއްގައި ރާއްޖެއިންވެސް ލަންކާއަށް އެހީވުމަށް ކުރިއަށްގެންދާ ޓެލެތޯނެކެވެ.
މި ޓެލެތޯންއަށް ސިފައިންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނީ މިއަދު ހެނދުނު އެވެ. އެގޮތުން ޓެލެތޯން ކުރިޔަށްދާ ސްޓޫޑިއޯގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސިފައިންގެ ފަރާތުން ފޯރުކޯށްދޭ އެހީގެ ރަމްޒީ ޗެކާއި ޕީއެސްއެމްގެ ފަރާތުން ހަވާލުވަޑައިގެންނެވީ އެކުންފުނީގެ ޗެއާޕާސަން އައިމިނަތު ނަމްޒާއެވެ.
މިހާތަނަށް އައިރު ބީއެމްއެލްއިން މި ޓެލެތޯންއަށް ޚާއްސަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓަށް ވަނީ 10،743،125.84 ރުފިޔާ ލިބިފައެވެ. އަދި ޑޮލަރު އެކައުންޓަށް ވަނީ 43،631.31 ޑޮލަރު ލިބިފައެވެ.
މިޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ދިވެހި ރައްޔިތުންނަށާއި ޖަމްޢިއްޔާ، ޖަމާޢަތް، ކްލަބްތަކާއި އޮފީސްތަކަށް ވެސް ވަނީ ހުޅުވާލާފައެވެ.މި ޓެލެތޯނުގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމުގެ އިތުރުން ފަންޑަށް އެހީވުމަށް ފަސޭހަ ގިނަ އިންތިޒާމްތަކެއްވަނީ ހަމަޖައްސާފައެވެ. އެގޮތުން ކިއުއާރު ކޯޑް ސްކޭންކޮށްގެން ފަސޭހައިން ފައިސާ ޖަމާ ކުރެވޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ. އަދި ނަގުދު ފައިސާ، ޓްރާންސްފަރގެ އިތުރުން ޗެކް މެދުވެރިކޮށްވެސް މިޓެލެތޯނަށް ފައިސާ ޖަމާކުރެވޭ ގޮތް ވަނީ ހަމަޖައްސާފައެވެ.
މި ޓެލެތޯން ކުރިޔަށްދަނީ 37 މީޑިއާއެކުގައި އެވެ.
ގުޅުންހުރި

ރާއްޖެއާއި އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިޔަށްގެންްދާ "އެކްސަސައިޒް އެކުވެރިން" ޓްރިވެންޑްރަމްގައި ފަށައިފި

ލަންކާގައި ކުރިއަށްގެންދިޔަ ފްލީޓް ރިވިއުގެ ހަރަކާތުގަ ކޯސްޓްގާޑު ޝިޕް ހުރަވީ ބައިވެރިވެއްޖެ

ދިވެހި މީޑިއާތަކުން ކުރިޔަށްގެންދިޔަ ސިލޯނާއިއެކު ދިވެހީން ޓެލެތޯންއަށް 12 މިލިއަނަށްވިރެ ގިނަ ރުފިޔާ: ޝުކުރިއްޔާ ދިވެހީން!





