
ބްރޫނޯ ފެނާންޑޭސްގެ މޮޅު ކުޅުމާއެކު ޔުނައިޓެޑުން ޕެލަސް ބަލިކޮށްފި
# މެންޗެސްޓަރ ޔުނައިޓެޑް# އިނގިރޭސި ޕްރިމިއާ ލީގު# ކްރިސްޓަލް ޕެލަސް # ބޭރު ދުނިޔޭގެ ކުޅިވަރުބްރޫނޯ ފެނާންޑޭސް (ކ) ޒިކްޒީއާއެކު އުފާފާޅުކުރަނީ.
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ކްރިސްޓަލް ޕެލްސް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށް ފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މެންޗެސްޓާ ޔުނައިޓެޑް އިން ލީގު ތާވަލުގެ ހަތްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގެ 1-0 ގެ ނަތީޖާއަކުން އެވަޓަން އަތުން ބަލިވެފައިވާއިރު، ކްރިސްޓަލް ޕެލްސް އިން ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-0 ގެ ނަތީޖާއަކުން ވުލްވްސް ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކްރިސްޓަލް ޕެލަސް އިންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޕެލަސް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފޯވާޑް ޖީން ޕިލިޕޭ މަޓޭޓާއެވެ.
ޔުނައިޓެޑުން ނަތީޖާއެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ޖޯޝުއާ ޒިކްޒީ އެވެ. އަދި އެޓީމުން މެޗުގެ ލީޑުހޯދި ލަނޑު އޭގެ ނުވަ މިނެޓެ ފަހުން ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު މޭސަން މައުންޓް އެވެ. އަދި މިދެލަނޑު ޖެހުމަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ އެޓީމުގެ ކެޕްޓަން ބުރޫނޯ ފެނާންޑޭސް އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 13 މެޗުން މެންޗެސްޓާ ޔުނައިޓެޑަށް 21 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތްވަނައިގައެވެ. އަދި މިމެޗުން ބަލިވި ކްރިސްޓަލް ޕެލަސް އިން ލީގުގައި ކުޅުނު 13 މެޗުން ހޯދި 20 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ނުވަވަނައިގައެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ވޯލްޑްކަޕް: ވަރުގަދަ ޓީމަކާއި ޖެހި އާޖެންޓީނާގެ އަސްލު ފެންވަރު ފެނިގެންދިޔައިރު، ސްޕެއިން އެނބުރި ފުޓްބޯޅައިގެ ރަސްކަމަށް
.jpg&w=3840&q=75)
ވޯލްޑްކަޕް: ސަކާގެ ހެޓްރިކާއެކު އިންްގްލެންޑް ތިންވަނަ ކަށަވަރުކުރިއިރު، އެމްބާޕޭ މެސީގެ ރެކޯޑް މުގުރާލައިފި
.jpg&w=3840&q=75)
މީގެ 10 އަހަރު ކުރިން އީރާނަށް ކުރި ދަތުރަކާއި ގުޅިގެން ސްޕެއިންގެ ވޯލްޑްކަޕް ތަރި ކަޕްޑެވިލާއަށް އެމެރިކާއަށް އެތެރެވުމަށް "އީއެސްޓީއޭ" ނުލިބުނު




