
-
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ވެރިކަން ކުރާ ކޮންގްރެސް ޕާޓީއިން ކެމްޕެއިން މެނޭޖަރަކު ހަމަޖައްސައިފި އެވެ.

ޕީއެންސީގެ ރަސްމީ އެކްސް އެކައުންޓުން ރޭކުރި ޕޯސްޓެއްގައި ބުނީ 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ކޮންގްރެސް ޕާޓީގެ ކެމްޕެއިން މެނޭޖަރ އަކީ ކޮންގްރެސް ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރ އިބްރާހިމް ފަލާޙް ކަމަށެވެ.
ކޮންގްރެސް ޕާޓީން ކުރިޔަށް އޮތް އިންތިހާބަށް ކެމްޕެއިން މެނޭޖަރަކު ހަމަޖެއްސިއިރު ކުރިޔަށް އޮތް ޑިސެމްބަރު މަހުގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިހާބަށް ވާންޖެހޭ ތައްޔާރީތައް ރަސްމީކޮށް އެޕާޓީން ފެށުމަށް ތައްޔާރުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން އެޕާޓީގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމަށްޓަކައި ޕްރައިމެރީއެއް ބޭއްވުމާއިމެދުވެސް ދާދި އަވަހަށް ގޮތެއް ނިންމާނެކަމަށް މައުލޫމާތު ލިބެއެވެ.
ކައުންސިލް އިންތިހާބަށް އިދިކޮޅު އެމްޑީޕީންވެސް ކެމްޕެއިންތައް ފަށާފައިވާއިރު އަންނަ މަހު އެޕާޓީގެ ޕްރައިމެރީ ބޭއްވުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ އަހަރުގެ އޭޕްރިލް މަހުގައި އެވެ.
ގުޅުންހުރި
.jpg&w=3840&q=75)
އިދިކޮޅުން މަސައްކަތްކުރަނީ ހިޔާލުހޯދުމުގެ ވޯޓުގެ މަގްސަދު އޮޅުވާލަން - ޕީއެންސީ

ކައުންސިލް އިންތިހާބަކާއި އެމްޑީޕީން ނޫޅޭ، އުޅެނީ ދެ އިންތިހާބު އެއްކޮއްލުމުގެ ވޯޓަށް ނުފޫޒުފޯރުވަން - ފަލާހް

ރަށްރަށުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކައުންސިލްތަކުގެ އެޙީތެރިކަން މުހިންމު: ފަލާހު

.gif&w=3840&q=75)



