logoEN
Sto top
ރަށުން ބޭރުގައި އޮލިމްޕިއާކޯސް އަތުން ރެއާލް މޮޅުކޮށްދިނީ އެމްބާޕޭ

ރަށުން ބޭރުގައި އޮލިމްޕިއާކޯސް އަތުން ރެއާލް މޮޅުކޮށްދިނީ އެމްބާޕޭ

ހަސަން ޝަމްއޫން

logo

11/26/2025, 11:21:50 PM

# އޮލިމްޕިއާކޯސް# ރެއާލް މެޑްރިޑް# ޔުއެފާ ޗެމްޕިއަންސްލީގު# ބޭރު ދުނިޔޭގެ ކުޅިވަރު

އެމްބާޕޭ ލަނޑުޖެހުމަށްފަހު ޓީމުގެ ކުޅުންތެރިންނާއެކު އުފާފާޅުކުރަނީ..

ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ރަށުން ބޭރުގައި ގްރީސްގެ އޮލިމްޕިއާކޯސް އާއި ދެކޮޅަށް ސްޕެއިންގެ ރެއާލް މެޑްރިޑުން ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 4-3 ގެ ނަތީޖާއަކުން ރެއާލް ކާމިޔާބުކޮށްފިއެވެ.

Wamco

މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ފަސް މެޗުން ރެއާލް މެޑްރިޑަށް 12 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައެވެ. އަދި މިމެޗުން ބަލިވި އޮލިމްޕިއާކޯސް އިން ލީގުބުރުގައި ކުޅުނު ފަސް މެޗުން ހޯދި ދެޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 33 ވަނައިގައެވެ.

ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު މެޗުގައި އިނގިރޭސިވިލާތުގެ ލިވަޕޫލް އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، އޮލިމްޕިއާކޯސް އެންމެ ފަހުން ކުޅުނު މެޗުގައި ނެދަލޭންޑްސްގެ ޕީއެސްވީ އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ.

އަނިޔާގެ ސަބަބުން މުހިންމު ގިނަ ކުޅުންތެރިންތަކަކާއި ނުލައި ރެއާލް މެޑްރިޑުން ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ރެއާލް މެޑްރިޑުން މެޗު ޑޮމިނޭޓްކުރިއިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އޮލިމްޕިއާކޯސް އިންނެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެލަނޑުގެ ލީޑަކާއެކު 3-1 ގެ ނަތީޖާއަކުން އާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި އޮލިމްޕިއާކޯސް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން، މިހާފުގައި އެޓީމުން އިތުރު ދެލަނޑު ކާމިޔާބުކުރިއިރު ރެއާލް މެޑްރިޑުން ވެސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި ރެއާލްގެ ހަތަރު ލަނޑު ވެސް އެޓީމުގެ ފްރާންސް ފޯވާޑް ކިލިއަން އެމްބާޕޭ ކާމިޔާބުކުރިއިރު، އޮލިމްޕިއާކޯސްގެ މެހެދީ ޓަރެމީ، ޗިކުއިންހޯ އަދި އައްޔޫބް އެލް ކާބީ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC