
ބޯވިއްސާރައާއިއެކު މާލެ ފެނުއަޑީގައި: ފެންހިންދުމާއި ވެލިބަސްތާ ޖެހުމަށް ސިފައިން ނުކުމެއްޖެ
# އެމްއެންޑީއެފް-
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މާލޭގައި ފެންބޮޑުވުމާއި ގުޅިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުންދާ ކަމަށާއި މިވަގުތު ފެން ހިންދުމަށް ޓަކައި މާލޭގެ ހަތް ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ސިފައިން ދަނީ މަސައްކަތްކުރަމުން ކަމަށެވެ.
މީގެ އިތުރުން ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވެ ގެތަކަށް ފެންވަންނަމުންދާތީ ފެންހިންދުމާއި ވެލިބަސްތާ ޖެހުމުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުގެ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާކަމަށްވެސް ސިފައިން ވަނީ ބުނެފައި އެވެ.
މޫސުން ގޯސްވެ ވެރިކަން މާލެ ހިމެނޭ މެދުރާއްޖެތެރެއަށް މިރޭގެ 18:30 އާއި ހަމައަށް ރީނދޫ ސަމާލުވެސް ވަނީ ނެރެފައި އެވެ.
ކުރިއަށް އޮތް 24 ގަޑިއިރާއި ދެން އަންނަ ތިން ދުވަހު ވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި ވިއްސާރަ އަލިކޮށްލާނެ ކަމަށް ލަފާކުރެވެނީ އަންނަ ހަފުތާގައި ކަމަށް ވެސް ވަނީ ބުނެފައި އެވެ.
މިއީ އިންޑިއާ އާއި ސްރީ ލަންކާ ކައިރިން ބަންގާޅު ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުގެ ބާރުގަދަވުމާއި ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައެކެވެ.
ގުޅުންހުރި

އެފްއާރްއެސްގެ ހަފްތާ ރިޕޯޓު: މިދިޔަ ހަފްތާގައި އެންމެ ގިނައީ އަލިފާނުގެ ހާދިސާތައް، ގިނަ ހާދިސާތައް ހިނގީ މާލެ ސަރަހައްދުގައި!

މިރޭވެސް ހުޅުމާލޭގައި ހަވާއަރުވާނެ!
ހިތަދޫ ފަޅުގޯއްޗެއް ތެރޭގައި ހުރި ކޮންޓެއިނަރެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި




