logoEN
Sto top
ބޯހިޔާވަހިކަމުގެ ވަޢުދަކީ ފުއްދޭނޭ އަދި ފުއްދަވައިދެއްވާނޭ ވަޢުދެއް!

ބޯހިޔާވަހިކަމުގެ ވަޢުދަކީ ފުއްދޭނޭ އަދި ފުއްދަވައިދެއްވާނޭ ވަޢުދެއް!

އަހުމަދު ޝުރާއު

logo

11/25/2025, 7:31:39 PM

# ރައީސް މުއިއްޒު

-

މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ މި ދައުރުގެ ތެރޭގައި ޙައްލުކުރެއްވުމުގެ އަޒުމުގައި ދެމިހުންނެވިކަން ހާމަކުރައްވައި، ބޯހިޔާވަހިކަމުގެ ވަޢުދަކީ ފުއްދޭނޭ އަދި ފުއްދަވައިދެއްވާނޭ ވަޢުދެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Wamco

އެމަނިކުފާނު މިހެން ވިދާޅުވީ، މިރޭ، މާލޭ ސިޓީގެ މައްޗަންގޮޅީގެ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އަމީނިއްޔާ ސްކޫލްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އެންމެ ގިނަ ރައްޔިތުން ކަންބޮޑުވުންފާޅުކުރައްވާފައިވަނީ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމާ ބެހޭގޮތުންނެވެ. އެކަމަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މާލޭ ސަރަހައްދުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ އެކި މަޝްރޫޢުތައް ކުރިއަށްދާ ގޮތާއި، މަސައްކަތްތަކުގެ އަދާހަމަ، އަދި މަސައްކަތްތަކުގެ ދުވެލި އަވަސްކުރެއްވުމަށް އަޅުއްވާފައިވާ ފިޔަވަޅުތަކާ ގުޅޭ ތަފްޞީލުތައް ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އަދި މިހާރު ދޫކޮށްފައި ހުރި ގޯތިތައް ބޭނުންކުރުމަށް ކުރިމަތިވެފައިވާ ހުރަސްތަކާއި، ގޯއްޗާއި ފްލެޓް ދޫކުރުމުގައި ދިމާވެފައިވާ މައްސަލަތައްވެސް ކަމާ ބެހޭ ފަރާތްތަކުން ބައްލަވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޚިޔާލަށް ހުޅުވާލި ފުރުޞަތުގައި ރައްޔިތުންވަނީ، ސިންދަފާތު ދާއިރާތަކުން ޚިޔާލު ހުށަހަޅުއްވައި ކަންބޮޑުވުންފާޅުކުރައްވާފައެވެ. އެގޮތުން، މާލޭގެ މަގުތަކާއި، މޫދަށް އެރޭ ސަރަޙައްދުތައް އަދި ޕަބްލިކް ވަރކްސް އާ ގުޅުންހުރި ކަންކަމާއި، އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަންބޮޑުވުންތަކާއި، ޓެކްސީ ޑްރައިވަރުންނާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާއި، ބިދޭސީންގެ މައްސަލަ އާއި، ކުޅިވަރު ކުޅޭނޭ މަރުކަޒުތައް ނެތުމުގެ މައްސަލައިގެ އިތުރުން ސަރުކާރުގެ އެކި ނިޒާމުތައް އިތުރަށް ހަރުދަނާކުރުމަށް ހުށަހެޅި ޚިޔާލުތައް ހިމެނެއެވެ.

ބައެއް ކަންކަމަށް ވަކި ވަކީން ބައްލަވާލައްވަމުން އެމަނިކުފާނު ވަނީ، ޕަބްލިކް ވަރކްސް ޚިދުމަތުގައި މާލޭ ސިޓީ ކައުންސިލުން އިހުމާލުވެފައިވާކަން ފާހަގަކުރައްއްވާފައެވެ. އަދި އެފަދަ މަސައްކަތްތައް ސިޓީ ކައުންސިލުން ނުކުރާނަމަ، ސަރުކާރުން އިސްނަގައިގެންވެސް މައްސަލަތައް ޙައްލުކޮށްދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުން ރައްޔިތުންނަށް ފައިސާ ދޭންޖެހި، ނުދެވި ހުރި ބިލުތަކުގެ ބެކްލޮގް ބިލުތަކަށް މިހާރު ފައިސާ ދައްކަވަން ފައްޓަވާފައިވާކަމަށާއި، މަސްވެރިންގެ ފައިސާގެ ކަންތައް ޙައްލުކުރެއްވި އުސޫލުން، އެ ބިލުތަކަށް ފައިސާދެއްކުންވެސް ހަމައަކަށްއަޅުއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވަނީ، މާލޭ ޓެކްސީ ލައިނަކީ ޓެކްސީ ޑްރައިވަރުންގެ ވިޔަފާރި އަތުލުން ނޫންކަމުގެ ޔަޤީންކަން ދެއްވައި، އެ ޚިދުމަތުގެ ތެރެއިން ޑްރައިވަރުންނަށް ހުރި ފުރުޞަތުތައް ހިއްސާކުރައްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC