logoEN
Sto top
ބިން ހިއްކުމުގެ ސްޕީޑު އިތުރަށް ހަލުވި ކޮށްލަނީ: އިތުރު ބޮޑު ޑްރެޖަރެއް ގެނެސްފި

ބިން ހިއްކުމުގެ ސްޕީޑު އިތުރަށް ހަލުވި ކޮށްލަނީ: އިތުރު ބޮޑު ޑްރެޖަރެއް ގެނެސްފި

އަހުމަދު ޝުރާއު

logo

11/25/2025, 12:14:08 PM

# ރައީސް މުއިއްޒު

-

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ކުރިޔަށްގެންދާ ބިޔަ މަޝްރޫއުތަކަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތަށް ބޭރުގެ ބޮޑު ޑްރެޖަރެއް ރާއްޖެ އަތުވެއްޖެ އެވެ.

Wamco

މިކަން ހާމަކުރެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ.

ރައީސްގެ ޕޯސްޓުގައި ވިދާޅުވީ ބިން ހިއްކުމަށްޓަކައި ޑްރެޖަރ ޓީއެސްއެޗްޑީ ޕްރިންސް ޑަރ ނެދަރލަންޑަން މިއަދު ރާއްޖެ އައިސްފައިވާ ކަމަށާއި މި ޑްރެޖަރުން މާދަމާ ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތާއި ގުޅޭނެ ކަމަށެވެ. މިހާރު ހުޅުމާލޭގެ ބިން ހިއްކުން ކުރިޔަށްގެންދަނީ ރެޖަރ ޓީއެސްއެޗްޑީ އޮރަންޖީއާއިންނެވެ. ނަމަވެސް މިއަދު ރާއްޖެ އައި ޑްރެޖަރާއިއެކު މަސައްކަތް ހަލުވި ވެ ހުޅުމާލެ ފޭސް 3 އަންނަ މަހުގެ ނިޔަލަށް ހިއްކާ ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހުޅުމާލެ ފޭސް 3 ގެ އިތުރުން މި ޑްރެޖަރުން ގިރާވަރުފަޅު ހިއްކުމަށްވެސް ވަނީ ހަމަޖެހިފައި އެވެ. ރައީށް ވިދާޅުވީ އީއައިއޭ އާއި އެހެނިހެން ރަސްމީ ކަންތައްތައް ނިމުމާއެކު ގިރާވަރުގައި ބަންޑް ވޯލްގެ މަސައްކަތް ދާދި އަވަހަށް ފެށިގެންދާނެ ކަމަށާއި ހުޅުމާލެ ބިން ހިއްކުން ނިމުމާއިއެކު ދެ ޑްރެޖަރުވެސް ބިން ހިއްކުން ފަށާނީ ގިރާވަރުފަޅުގައި ކަމަށެވެ. އަދި އެމަސައްކަރް 2 މަހާއި 3 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމެޓެޑާއި ހަވާލުކޮށްގެން ސަރުކާރުން ކުރިޔަށްގެންދާ ބިން ހިއްކުމުގެ ބައެއް މަޝްރޫއުތަކަށް ބޭނުންވާ ޑްރެޖަރުތައް ރާއްޖެ ގެނައުމަށް އެކުންފުނީން ބޭރުގެ ބޮޑެތި ބައެއް ކުންފުނިތަކާއިއެކު އެއްބަސްވުންތަކެއް ހަދައި އެ ޑްރެޖަރުތައް ރާއްޖެ އަންނާނެ ކަން ރައީސް އިއުލާނުކުރެއްވީ މިދިޔަ އޮކްޓޯބަރު މަހު ށ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

އެގޮތުން މިމަހުގެ އިތުރުން އަންނަ މަހުގެ ތެރޭގައިވެސް ބޮޑު ޑްރެޖަރެއް ރާއްޖެ އަންނާނެކަން ރައީސް އޭރު ހާމަކުރެއްވި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC