logoEN
Sto top
ރައީސް މައްޗަންގޯޅީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން މާދަމާ ރޭ!

ރައީސް މައްޗަންގޯޅީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން މާދަމާ ރޭ!

އަހުމަދު ޝުރާއު

logo

11/24/2025, 10:17:55 AM

# ރައީސް މުއިއްޒު

ރައީސް މުއިއްޒު :- ގާފު ފޮޓޯ| އަހުމަދު ޝުރާއު

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މާލޭގެ މައްޗަންގޮޅީގެ ރައްޔިތުންނާއި ބައްދަލުކުރައްވަންވަނީ ހަމަޖެހިފައި އެވެ.

Wamco

ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް، މާލެ ސަރަޙައްދުގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި އިޢުލާނުކުރެއްވުމާ އެއްގޮތްވާ ގޮތުގެމަތީން، މައްޗަންގޮޅީގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށް ބައްދަލުވުމެއް ބާއްވަން ތާވަލުކޮށްފައިވަނީ މާދަމާ 20:30 ގައި އަމީނިއްޔާ ސްކޫލްގައި އެވެ.

ސަރުކާރުން ވަނީ މައްޗަންގޮޅީގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމުގެ ބައިވެރިވެވަޑައިގަތުމަށް ދަޢުވަތު އަރުވާފައި އެވެ.

މާލޭގެ އަވަށްތަކަށް އަމާޒުކޮށް ބައްދަލުވުންތަކެއް ބާއްވަވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ ސަރުކާރުން 2 އަހަރުގެ ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި އެވެ.

މިގޮތުން ރައީސް ވިދާޅުވީ ގައުމީ ތަރައްގީގެ އަމާޒުގެ ދަށުން ހުރިހާ އަތޮޅުތަކަށް ވަޑައިގެން ކައުންސިލްތަކާއި، އ.ތ.މ. ކޮމިޓީ، އަދި އަތޮޅުތަކުގެ އިސް ހިންގުންތެރިންނާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި، މި ބައްދަލުވުންތަކަކީ ވަރަށްވެސް ކާމިޔާބު، ނަތީޖާ ފެނިގެންދިޔަ ބައްދަލުކުރެއްވުންތަކެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަތޮޅުތަކުގައި މި ބައްދަލުވުންތައް ކުރިއަށް ގެންދެވުނު ފަދައިން މާލޭ ސަރަހައްދުގައި މިފަދަ ބައްދަލުވުންތަކެއް އަންނަ ހަފުތާއިން ފެށިގެން ކުރިއަށް ގެންދެވުމަށް ނިންމަވާފައިވާ ކަމަށާއި މި ބައްދަލުވުންތަކުގައި މާލޭގެ ހަތަރު އަވަށާއި، ވިލިނގިލި، އަދި ހުޅުމާލޭގެ ދެ ފޭސްގައި ދިރިއުޅޭ ރައްޔިތުންނާއެކު މަޝްވަރާ ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއި، އަންހެނުންނާއި ޒުވާނުން އިސްވެ ހިންގާ ވިޔަފާރިތަކަށް އަމާޒުކޮށް ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރުންތައް ރޭ ރައީސް ފެއްޓެވި އިރު ފުރަތަމަ ބައްދަލުވުން ރޭ ވިލިމާލޭގައި ވަނީ ބާއްވާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC