logoEN
Sto top

ސިޓީ ކޮޅަށް ލަނޑުޖެހުމަށް ފަހު ނިއުކާސަލްގެ ބާންސް އުފާފާޅުކުރަނީ..

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ނިއުކާސަލް އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެ ތާވަލުގެ ދެވަނައަށް އެރުމަށް ލިބުނު ފުރުސަތު މެންޗެސްޓާ ސިޓީ އިން ނަގާލައިފިއެވެ.

Wamco

މިނަތީޖާއެކު ލީގުގައި ކުޅުނު 12 މެޗުން ނިއުކާސަލްއަށް 14 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ 15 ވަނައިގައެވެ. އަދި މިމެޗުން ބަލިވި މެންޗެސްޓާ ސިޓީ އިން ލީގުގައި ކުޅުނު 12 މެޗުން ހޯދި 22 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ.

ލީގުގައި މެންޗެސްޓާ ސިޓީ އިން އެންމެ ފަހުން ކުޅުނު މެޗުގައި 3-0 ގެ ނަތީޖާއަކުން ލިވަޕޫލް އަތުން މޮޅުވެފައިވާއިރު، ލީގުގައި ނިއުކާސަލް އެންމެ ފަހުން ކުޅުނު މެޗުގައި ބްރެންޓްފޯޑް އަތުން 3-1 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މެންޗެސްޓާ ސިޓީ އިންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ނިއުކާސަލް ޔުނައިޓެޑުންނެވެ. މިލަނޑު ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވާޑް ހާވީ ބާންސް އެވެ.

ސިޓީ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޯޗުގަލް ޑިފެންޑަރު ރިބެން ޑިއާސް އެވެ. ނަމަވެސް އޭގެ ދެމިނެޓް ފަހުން ބާންސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ދެވަނަ ފަހަރަށް ނިއުކާސަލްއަށް ލީޑު ހޯދައިދީފައެވެ.

މީގެ އިތުރުން ވެސް މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-1 ގެ ނަތީޖާއަކުން ނިއުކާސަލް ކުރީގައި އޮވެގެންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC