logoEN
Sto top
ރަށުން ބޭރުގައި ލިވަޕޫލް އަތުން ފޮރެސްޓަށް ތަފާތުބޮޑު މޮޅެއް

ރަށުން ބޭރުގައި ލިވަޕޫލް އަތުން ފޮރެސްޓަށް ތަފާތުބޮޑު މޮޅެއް

ހަސަން ޝަމްއޫން

logo

11/23/2025, 4:50:55 AM

# ލިވަޕޫލް# ބޭރު ދުނިޔޭގެ ކުޅިވަރު# ނޮޓިންހަމް ފޮރެސްޓް # އިނގިރޭސި ޕްރިމިއާ ލީގު

ލިވަޕޫލް ބަލިކުރުމަށް ފަހު ފޮރެސްޓްގެ ކުޅުންތެރިން އުފާފާޅުކުރަނީ..

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ލިވަޕޫލް އާއި ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ނޮޓިންހަމް ފޮރެސްޓުން ކާމިޔާބުކޮށްފިއެވެ.

Wamco

މިނަތީޖާއެކު ލީގުގައި ކުޅުނު 12 މެޗުން ފޮރެސްޓަށް 12 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ 16 ވަނައިގައެވެ. އަދި މިމެޗުން ބަލިވި ލިވަޕޫލް ލީގުގައި ކުޅުނު 12 މެޗުގެ ތެރެއިން ފަސް މެޗުން ބަލިވެފައިވާއިރު، އެޓީމު މިވަގުތު އޮތީ 18 ޕޮއިންޓާއެކު ތާވަލުގެ 11 ވަނައިގައެވެ.

ލީގުގައި ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީ އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ލީގުގައި ފޮރެސްޓް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 3-1 ގެ ނަތީޖާއަކުން ލީޑްސް ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ލިވަޕޫލުން މެޗު ޑޮމިނޭޓްކުރި ނަމަވެސް ފޮރެސްޓުން ވަނީ ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު މުރިލޯ އެވެ.

ފޮރެސްޓުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި ޑިފެންޑަރު ނިކޮލޯ ސަވޯނާ ކާމިޔާބުކުރިއިރު، އެޓީމުގެ ތިންވަނަ ލަނޑު ފަހުހާފުގެ 78 ވަަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑްރު މޯގަން ގިބްސް ވައިޓް އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC