
-
ކުށް މަދު އަމާން މުޖުތަމައެއް ގާއިމުކޮށް ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ނ. ވެލިދޫގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަހު 19 ވަނަ ދުވަހު ވެލިދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަން އަމާޒުކުރެވިފައި ވަނީ އެ ރަށަށް މަސްތުވާތަކެތި އެތެރެކޮށް، ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށާއި މަސްތުވާތަކެތި ދައުރުވުމާ އަދި މަސްތުވާތަކެއްޗާ ގުޅުންހުރި އެހެނިހެން ކުށްތައް ހިންގުމަށް ހުރި ފުރުސަތުތައް މަދުކުރުމަށެވެ.
މި އޮޕަރޭޝަންގައި، ކުށްކުރާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުން އެއްވެ ތިބޭ ސަރަހައްދުތަކާއި ކުށްކުރާކަމަށް ފާހަގަކުރެވޭ ތަންތަނާއި ކުށުގެ މާހައުލުގައި އުޅޭ ފަރާތްތައް އުޅޭ ތަންތަނާއި މީހުން ބަލައިފާސްކުރުމުގެ މަސައްކަތް ކުރެވިފައިވެއެވެ. މީގެ އިތުރުން، އެއްގަމު އުޅަނދު ގަވާއިދާ އެއްގޮތަށް ހުރިތޯ ބެލުމާއި ޓްރެފިކް ގަވާއިދުތަކާ އެއްގޮތަށް އެއްގަމު އުޅަނދު ދުއްވުމަށް ބާރު އެޅުމަށްޓަކައި ޓްރެފިކް އޮޕަރޭޝަނެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކުރުމަށް ރައްޔިތުންނާ ގުޅިގެން ފުލުހުން ގެންދަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.
ގުޅުންހުރި

ކުށް މަދުކުރުމަށް ވެލިދޫގައި އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފި

ވެލިދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި

ވެލިދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުން 3 މިލިއަން ރުފިޔާއަށް އަރާ - ކައުންސިލް





