logoEN
Sto top
ވެލިދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި

ވެލިދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި

އަހުމަދު ޝުރާއު

logo

7/23/2025, 1:39:13 PM

# ނ. ވެލިދޫ

-

ނ ވެލިދޫގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.

Wamco

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު ނ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ވެލިދޫއަށް އެމަނިކުފާނު ވަޑައިގެންނެވެވުމުންނެވެ.

އެގޮތުން ވެލިދޫގައި އޮތް ޚާއްސަ ރަސްމިއްޔާތުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވި ހެލްތު މިނިސްޓަރު އަހުމަދު ނާޒިމް އާއި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހެއިރުގެ އިތުރުން ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސެއިން އެވެ.

މި ރަސްމިއްޔާތުގައި ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިތުރުން ސަރުކާރުގެ ވަޒީރުންނާއި ކުންފުނި ތަކުގެ އިސްވެރިންގެ އިތުރުން ވެލިދޫ ކައުންސިލާއި މުވައްސަސާތަކުގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ވެލިދޫ ހޮސްޕިޓަލުގެ މަސައްކަތް ސަރުކާރުން އާރްޑީސީއާއި ހަވާލުކުރީ މިދިޔަ މާޗު މަހުގެ ތެރޭގައި އެވެ.

އެގޮތުން މި މަސައްކަތް އާރްޑީސީއާއި ހަވާލުކުރީ 108,322,537.03 ރުފިޔާ އަށް 540 ދުވަސް ތެރޭގައި ނިންމާގޮތަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC