logoEN
cocacola
ވެލިދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުން 3 މިލިއަން ރުފިޔާއަށް އަރާ - ކައުންސިލް

ވެލިދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުން 3 މިލިއަން ރުފިޔާއަށް އަރާ - ކައުންސިލް

އަލްފާ އަލީ

logo

5/11/2024, 6:41:11 PM

# ނ. ވެލިދޫ

--

ނ. ވެލިދޫ ވޭސްޓް މެނެޖްމަންޓް ސެންޓަރުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުމުގެ އަދަދު 3 މިލިއަން ރުފިޔާއަށް އަރާކަމަށް ވެލިދޫ ކައުންސިލުން ބުނެފި އެވެ.

ގޮސިޔާ

ވެލިދޫ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ, 2022ވަނަ އަހަރު ވެލިދޫގައި ބިނާކުރެވިފައިވާ 13,000 އަކަފޫޓުގެ ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރުގައި މިއަދު 12:00 ހާއިރު އަލިފާން ރޯވެ, އަލިފާން ކޮންޓްރޯލް ކުރެވުނީ މެންދުރު 14:30 ހާއިރު ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަން ވެލިދޫ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވީ, އިމާރާތުގެ ކުނި ބަހައްޓާ ސަރަހައްދުގައި ކަރަންޓު ޝޯޓެއް ވެގެން ކަމަަށް ލަފާކުރެވޭ ކަމަށް ކައުންސިލުންވަނީ ބުނެފައެވެ. އަދި އަލިފާން ރޯވި ސަބަބު ކަށަވަރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.

ވެލިދޫ ކައުންސިލުން ބުނީ, މިހާދިސާގައި އެ ސެންޓަރުގެ ބޮޑު ބަޔަކާއެކު އެތަނުގައި ބޭނުން ކުރުމަށް ބެހެއްޓިފައިހުރި މެޝިނަރީތައް އަދި ފުޓްބޯޅަ ދަނޑުގައި ބޭނުންކުރަމުންދާ ޑްރެގް ބްރަޝް މެޝިން ބޭނުންނުކުރެވޭ ވަތަށް ހަލާކުވެފައިވާ ކަމަށެވެ. އަދި ލިބުނު ގެއްލުމުގެ އަދަދު 3 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ.

އަލިފާން ކޮންޓްރޯލް ކުރުމުގައި ވެލިދޫ ރައްޔިތުންނާއި, ވެލިދޫ ޕޮލިސް ސްޓޭޝަން އާއި, ކައިރީގައިވާ ރިސޯޓްތައް ކަމަށްވާ ޝެވަލް ބްލެންކް ރަންދެލި އަދު ސިޔާމް ވާރލްޑް އަދި ވެލާ ޕްރައިވެޓް އައިލެންޑް އަދި އެމްއެންޑީއެފް އެހީތެރިކަން ލިބިފައިވާ ކަމަށް ވެލިދޫ ކައުންސިލުން ވަނީ ބުނެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ