
ނ. ވެލިދޫ ޖުނިއަރ ކޮލެޖު ----
ނ. ވެލިދޫ ޖޫނިއަރ ކޮލެޖުގެ އިމާރަތްކުރުމުގެ މަޝްރޫޢުގެ އެންމެ ފަހުގެ ތަފްސީލް އެމްޓީސީސީން ހާމަކޮށްފި އެވެ.

އެމްޓީސީސީން ބުނީ, ނ. ވެލިދޫ ޖޫނިއަރ ކޮލެޖް އިމާރާތް ކުރުމުގެ މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ކޮލަމް ކޮންކްރީޓް މަސައްކަތްތައް ކަމަށެވެ. އަދި ލީން ކޮންކްރީޓާއި ޓައި ބީމް މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.
މި މަޝްރޫޢުގެ ދަށުން، 10,276 އަަކަ ފޫޓުގެ އެއް ފަންގިފިލާ ހިމެނޭ އިމާރާތެއް ހެދުމުގެ މަސައްކަތް ހިމެނޭ. މި އިމާރާތުގެ ތެރޭގައި 2 ކްލާސް ރޫމާއި، 1 އައިސީޓީ ލެބާއި، 1 ލައިބްރަރީއާއި 2 ވޯރކްޝޮޕް އެޅުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢަކީ 11.91 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.
ގުޅުންހުރި

ކުށް މަދުކުރުމަށް ވެލިދޫގައި އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފި

ވެލިދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި

ވެލިދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުން 3 މިލިއަން ރުފިޔާއަށް އަރާ - ކައުންސިލް





