logoEN
Sto top
ޒަމާނީ ދަނޑުވެރިކަމަކީ އިޚްތިޔާރީ ކަމެއް ނޫން، އެއީ ޤައުމީ ފެންވަރުގައި އިސްކަންދޭންޖެހޭ އަސާސީ ދާއިރާއެއް!

ޒަމާނީ ދަނޑުވެރިކަމަކީ އިޚްތިޔާރީ ކަމެއް ނޫން، އެއީ ޤައުމީ ފެންވަރުގައި އިސްކަންދޭންޖެހޭ އަސާސީ ދާއިރާއެއް!

އަހުމަދު ޝުރާއު

logo

11/19/2025, 9:17:13 AM

# ދަނޑުވެރިކަން

--

ޒަމާނީ ދަނޑުވެރިކަމަކީ އިޚްތިޔާރީކަމެއް ނޫން ކަމަށާއި އެއީ ޤައުމުގެ ފެންވަރުގައި އިސްކަންދޭޖެހޭ ދާއިރާއެއްކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު، ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

Wamco

އެކަމަނާ މިފަދައިން ވިދާޅުވީ ކ. ކާށިދޫގައި ކުރިޔަށް ގެންދިޔަ ޒަމާނީ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައެވެ.

އެގޮތުން ވަޒީރު ވިދާޅުވީ ދިވެހިރާއްޖެ މިވަނީ ބިމުގެ ދަތިކަމާއ،ި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިލާންޖެހޭ ނާޒުކުކަމާއ،ި އަދި އިތުރުވަމުންދާ އާބާދީގެ ބޭނުންތައް ފުއްދުމަށް ދިމާވާ ގޮންޖެހުންތަކާއެކު ކުރިމަތިލާންޖެހިފައިކަމަށާއި، މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައ،ި ޒަމާނ،ީ ހަރުދަނާ އަދި ދެމެހެއްޓެނިވި ޓެކްނޮލޮޖީތައް ހަލުވި ކަމާއިއެކު، ތަޢާރަފުކޮށް ބޭނުންކުރުން ވަރަށް މުހިންމުކަމެއްކަމަށެވެ.

ޒަމާނީ ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމްގެ ބައިވެރިންނާއި މުހާތަބުކޮށް، ވަޒީރު ވިދާޅުވީ މިއީ ހަމައެކަނި ހުނަރުތައް އިތުރުކުރުމަށް ރާވާފައިވާކަމެއް ނޫންކަމަށެވެ. އަދި މިއީ ދަނޑުވެރިންގެ މުސްތަޤުބަލު ބައްޓަންކުރުމުގައި އިސް ދައުރެއް އަދާކުރާނެ ފަރާތްތަކެއްގެ ގޮތުގައ،ި އީޖާދީ ޚިޔާލުތަކާއި ދެމެހެއްޓެނިވި ތަރައްޤީއަށް ބޭނުންވާ ވަސީލަތްތަކާއެކު ތައްޔާރުކުރުމަށް ރޭވިފައިވާ ސްޓްރެޓީޖިކް މަސައްކަތެއްކަމަށެވެ. އެހެންކަމުން މި ޒަމާނީ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ވަޒީރު ވަނީ މަރުހަބާ ކިޔާ، ޝުކުރު އަދާކޮށްފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކުގެ މައުލޫމާތާއި ފަންނީ ޤާބިލުކަން އިތުރުކޮށްދެއްވުމުގެ މަޤްޞަދުގައ،ި އެ ބޭފުޅުންގެ އަގުހުރި ޢިލްމާއި ފަންނީ ތަޖުރިބާ ހިއްސާކޮށްދެއްވ،ި މުދައްރިބުންނާއ،ި ޗައިނާގެ ކަޓާސްގެ ޤާބިލު ތަޖުރިބާކާރުންނަށް ވަޒީރު ވަނީ ޝުކުރު ދަންނަވާފައެވެ.

ވަޒިރު ވިދާޅުވީ މި ޕްރޮގްރާމްގެ ބައިވެރިންވަނީ ޒަމާނީ ދަނޑުވެރިކަން ކުރައްވާނެ ގޮތްތަކާމެދު މަޢުލޫމާތު ހޯއްދަވާފަކަމަށެވެ. މީގެ އިތުރުނ،ް ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ ކަންކަމަށް ބައްލަވައ،ި ގްރީންހައުސް ސިސްޓަމްތަކާއި ޒަމާނީ އާލާތްތައް ބޭނުންކުރާނެގޮތުގެ އިލްމު ލިބިވަޑައިގެންފައެވެ.

ވަޒީރު ޑރ. މަރްޔަމް މާރިޔާ އިތުރަށް ވިދާޅުވީ ތަމްރީންގެ ބައިވެރިން، ލިބިފައިވާ ތަޖުރިބާއާއި ޢިލްމުގެ އަލީގައި ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތަށް ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ގެނެސްދެއްވުންކަމަށެވެ. އަދި މިއަދު މި ނިމިގެންދާ ޕްރޮގްރާމަކީ ނިމުމެއް ކަމުގައި ދެކެވައިޑައިނުގަންނަވާކަމަށާއި މިއީ ފެށުމެއް ކަމުގައެވެ.

މި ރަސްމިއްޔާތުގައި ޗައިނާގެ ސަފީރު ހިޒް އެކްސެލަންސީ ކޮންގ ޝިއާންހޫ ، ހައިނާން ޕްރޮވިންޝަލް ޕީޕަލްސް ކޮންގްރެސް ކޮމިޓީގެ ނައިބު ރައީސް ހިޒް އެކްސެލަންސީ ޔާން ޝީޖުނ،ް ހައިނާން ޕްރޮވިންޝަލް ޕީޕަލްސް ކޮންގްރެސްގެ ޑެލިގޭޝަން، ކެޓާސް ޑެލިގޭޝަނު މެންބަރުން އަދި ކާށިދޫ ކައުންސިލުގެ ރައީސް އަދި ކައުންސިލުގެ މެންބަރުންގެ އިތުރުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިނެވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC