logoEN
Sto top
އޮޔަޒަބެލްގެ ދެލަނޑާއެކު ޖޯޖިއާ އަތުން ސްޕެއިންއަށް ފަސޭހަ މޮޅެއް

އޮޔަޒަބެލްގެ ދެލަނޑާއެކު ޖޯޖިއާ އަތުން ސްޕެއިންއަށް ފަސޭހަ މޮޅެއް

ހަސަން ޝަމްއޫން

logo

11/16/2025, 8:41:14 AM

# ބޭރު ދުނިޔޭގެ ކުޅިވަރު

މިކޭލް އޮޔަޒަބެލް

ވޯލްޑްކަޕް ކޮލިފައިންގ ގުރޫޕް އީގައި ރޭ ރަށުން ބޭރުގައި ޖޯޖިއާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން ސްޕެއިން ކާމިޔާބުކޮށްފިއެވެ.

Wamco

ކޮލިފައިންގައި ސްޕެއިން އެންމެ ފަހުން ކުޅުނު މެޗުގައި ބަލްގޭރިއާ އަތުން އަމިއްލަ ދަނޑުގައި 4-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ޖޯޖީއާ އިން އެންމެ ފަހުން ކުޅުނު މެޗުގައި ތުރުކީ އަތުން ރަށުން ބޭރުގައި 4-1 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސްޕެއިން އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ސްޕެއިންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެޓީމުން މެޗުގެ ލީޑުހޯދީ މެޗުގެ 11 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފޯވާޑް މިކޭލް އޮޔަޒަބެލްއެވެ.

ސްޕެއިނުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި މިޑްފީލްޑަރު މާޓިން ޒުބަމެންޑީ ކާމިޔާބުކުރިއިރު، އެޓީމުގެ ތިންވަނަ ލަނޑު ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފެރަން ޓޮރޭސް އެވެ. އަދި މިލަނޑާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ޖޯޖިއާ އިން އެޓީމުގެ ކުޅުން ރަނގަޅުކުރިއިރު މިހާފުގައި ދެޓީމުގެ ފަރާތުން ވެސް ވަނީ ވަރަށް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައެވެ. އަދި މިހާފުގައި ދެޓީމުން ވެސް ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައިވާއިރު، ސްޕެއިންގެ ހަތަރުވަނަ ލަނޑު މެޗުގެ 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން އޮޔަޒަބަލްއެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނައިގައި ސްޕެއިން އޮތްއިރު، ދެވަނަނައިގައި އޮތް ތުރުކީއަށް ފަސް މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. އަދި ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިދެޓީމު ވާދަކުރަންޖެހޭއިރު، ގުރޫޕްގެ އެއްވަނަ ހޯދުމަށް ތުރުކީއަށް އޮތް ފުރުސަތަކީ އަށް ލަނޑުގެ ތަފާތަކުން ސްޕެއިން ބަލިކުރުމެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC